Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅުދުއްފުށި

ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަނީ

ކުޅުދުއްފުށި ސިޓީން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދާ ޒުވާނަކީ އެ ސިޓީ ލަންދޫގޭ ޢަބްދުﷲ އިބްރާހީމެވެ. ބުރާސްފަތިދުވަހުން ފެށިގެން އޭނާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށާއި އާއިލާއަށް އޭނާގެ ޚަބަރެއް ނުވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއިން ނިކުމެގެން ދިޔަ ފަހުން ޢަބްދުﷲގެ ޚަބަރެއް އާއިލާއަށްނުވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

ޢަބްދުﷲއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ 9904977 ނުވަތަ ކުޅުދުއްފުށީ ފުލުހުންގެ މަރުކަޒުގެ ނަންބަރު 9791382 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފައިވެއެވެ.

މި ލިއުމާއި ގުޅޭ