Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދަން ސިފައިން ނުކުމެއްޖެ

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން, ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މަގުތަކުން ފެންހިއްކުން އަވަސްކުރުމަށް އެހީތެރިވުމުގެ ގޮތުން ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 9:40 ހާއިރުން ފެށިގެން އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނި ގޮތުގައި މިއަދު ހެދުނު 8:00 އާއި 10:00 ދެމެދު މާލެއަށް 57 މިލިމީޓަރުގެ ވާރެ ވެހިފައިވެ އެވެ.
މޫސުން ގޯސްވެ، މެޓުން ވަނީ ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ވެސް ނެރެފި އެވެ. މިއަދު ހެނދުނު 9:25 އިން ފެށިގެން މެންދުރު ފަހު 3:00 އަށް ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
އެ ވަގުތުތަކުގައި އެ އަތޮޅުތަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓުން ލަފާކުރެ އެވެ.
މި ލިއުމާއި ގުޅޭ