Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

ބަލިމީހާއަށް ގޮވާލަން ދިއުމަކީ މާތްﷲ ގެ ހަޟްރަތުގައި ހޭދަކޮށްލެވޭ ވަގުތުކޮޅެއް: ހުތުބާ

ބަލި މީހުންނަށް ގޮވާލަން ދިއުމަކީ ދަރުމަ ހުރި ކަމެއް ކަމަށާއި، އެއީ މާތް ﷲ ގެ ހަޟްރަތުގައި ހޭދަކޮށްލެވޭ ވަގުތުކޮޅެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"ބަލިމީހުންނަށް ޒިޔާރާތްކުރުން" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނި ގޮތުގައި ބަލިވެއްޖެނަމަ އޭނާއަށް ގޮވާލަން ދިއުމަކީ މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
"ކޮންމެ މުސްލިމަކު އަނެއް މުސްލިމާއަށް އަދާކޮށްދޭންޖެހޭ ހަ ހައްގެއްވެ އެވެ. އެއީ އޭނާއާ ބައްދަލުވެއްޖެނަމަ އޭނާއަށް ސަލާމް ގޮވާލުމާއި، އޭނާ ދައުވަތެއް ދީފިނަމަ އިޖާބަ ދިނުމާއި، އޭނާ ނަސޭހަތަކަށް އެދިއްޖެނަމަ އޭނާއަށް ނަސޭހަތް ދިނުމާއި، އޭނާ ކިބިއްސެއް އަޅައި ﷲ ހަމްދުކޮށްފިނަމަ އެނާއަށް ރަހްމަތް ލެއްވުން އެދި ދުއާ ކުރުމާއި، އޭނާ ބަލިވެއްޖެނަމަ އޭނާއަށް ގޮވާލަން ދިއުމާއި، އޭނާ މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބަައިވެރުވުމެވެ،" ރަސޫލާ (ޞ) ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނި ގޮތުގައި ބަލި މީހުންނަށް ގޮވާލަން ދިއުމަކީ އެކަމުގައި ގިނަގުނަ ފައިދާތަކެއް ހިމެނޭ، ނުރަނު ދަރުމަ ހުރި ކަމެކެވެ.
"ބަލިމީހަކަށް ގޮވައިލަން ހަވީރުގެ ވަގުތެއްގައި މީހަކު ދިޔަ ނަމަ، އެމީހަކަށް ފާފަފުއްސަވައި ދެއްވުމަށް އެދި، ހަތްދިހަހާސް މަލާއިކަތުން ހެނދުނު ވަންދެން ދުއާ ކުރައްވާމެތެވެ. އަދި ބަލި މީހަކަށް ގޮވައިލަން ހެނދުނުގެ ވަގުތެއްގައި މީހަކު ދިޔަނަމަ އެމީހަކަށް ފާފަފުއްސަވައިދެއްވުމަށް އެދި ހަތްދިހަހާސް މަލާއިތަކުން ހަވީރު ވަންދެން ދުއާ ކުރައްވާނެތެވެ. އެމީހަކު ހުންނާނީ ސުވަރުގޭގެ ބަގީޗާތަކުގަ އެވެ،" ބަލިމީހާއަށް ގޮވާލަން ދިއުމުގެ މާތްކަމާ ބެހޭގޮތުން ރަސޫލާ (ޞ) ހަދީޘްކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ބަލި މީހާއަށް ގޮވާލަން ދިއުމަކީ ހުތުބާގައި ބުނި ގޮތުގައި މާތް ﷲ ގެ ހަޟްރަތުގައި ހޭދަކޮށްލެވޭ ވަގުތުކޮޅެކެވެ. އަދި ބަލިމީހާއަށް ޒިޔާރާތްކުރާ މީހާ، އޭނާއަށް ޝިފާ ދެއްވުން އެދި ދުއާކޮށްދިނުމަކީ ސުންނަތް ވެގެންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"މީހަކު ބަލި މީހަކަށް ގޮވާލަން ހިނގައްޖެނަމަ، ނުވަތަ އޭނާގެ މުސްލިމް އަޚަކަށް ޒިޔާރާތްކޮށްފިނަމަ، ގޮވައިލައްވާ ބޭކަހަލު ގޮވައިލައްވާނެތެވެ. ތިބާއަށް ބާޖަވެރިކަން ހުއްޓެވެ. ތިބާގެ އައުން ބާއްޖަވެރިވެއްޖެ އެވެ. އަދި ތިބާ ސުވަރުގެއިން މަންޒިލެއްގައި ވަޒަންވެރިވެއްޖެ އެވެ،" ރަސޫލާ (ޞ) ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ބަލިމީހާއަށް ގޮވާލަން ގޮސް، އޭނާގެ ކައިރީގައި ތިބާގެ ނަފްސަށާއި އޭނާއަށް ހެޔޮ ދުއާ ކުރުމަށާއި އެ ދުއާއަށް މަލާއިކަތުބޭކަލުން އާމީން ވިދާޅުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ސިއްހަތާއި ދުޅަހެޔޮކަމަކީ މާތްﷲ ދެއްވާފައިވާ އަގުބޮޑު ނިއުމަތެކެވެ. ބަލިވުން ހިމެނެނީ ހުތުބާގައި ބުނި ގޮތުގައި އިންސާނާއަށް ކުރިމަތި ކުރައްވާ ބޮޑެތި އިމްތިހާނުތަކާއި މުސާބާތްތަކުގެ ތެރޭގަ އެވެ.
އަޖުމަ ބެލުމަށް މާތް ﷲ ކުރިމަތިކުރައްވާ ބަލިމަޑުކަމުގެ އިމްތިހާނަށް ކެތްތެރިވާ މީހާއަށް މަތިވެރި ދަރުމައާއި ޘަވާބު ލިބިގެންވާ ކަމަށް ހުތުބާގައި ބުންޏެވެ.
މި ލިއުމާއި ގުޅޭ