Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުމާ ބެހޭ ޤައުމީ އިދާރާ

މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ޔެލޯ އެލާޓް ނެރެފި އެވެ.
މިއަދު ހެނދުނު 9:25 އިން ފެށިގެން މެންދުރު ފަހު 3:00 އަށް ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
އެ ވަގުތުތަކުގައި އެ އަތޮޅުތަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓުން ލަފާކުރެ އެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެ އެލާޓް ނެރުނީ މިއަދު ހެނދުނު 9:00 އިން މެންދުރުފަހު 15:00 އާއި ހަމައަށެވެ.
ވާރޭ ވެހުމުގެ އިތުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކަށް މަޑުވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
މި ލިއުމާއި ގުޅޭ