Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ދޭނެ: ޑރ.މުޢިއްޒު

އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ސަރުކާރުން ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ދޭނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ 35 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކުބާދީ ފޮނުއްވައި ކުރެއްވި ޓުވީޓެއްގައި ޑރ.މުޢިއްޒުވަނީ ދުވަހުގެ ހެޔޮ ދުޢާއާއި ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި 3 ނޮވެންބަރު އިހުތިފާލުކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހުގައި ދިވެހި ޚާއިނުންގެ ބަޔަކާއި ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ސަލާމަތްވުން ފާހަގަކުރުމުގެ ގޮތުންނެވެ.

ނިމެމުން މިދާ ވެރިކަމުގައި ނަސްރުގެ ދުވަހަކީ ރަސްމީކޮށް ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، ބީ ކެޓަގަރީގެ ދުވަހެއްކަމަށް ކަނޑައަޅައި ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އެ ދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ވަގުތު ވަރަށް ބޮޑަށް މަދުކުރިއެވެ.

އޭގެ އިތުރަށް ނަސްރުގެ ދުވަހުގެ ރަސްމީ ލަވަ ދައުލަތުގެ މީޑިއާގެ ޓީވީ ޗެނަލްތަކުން ފޮނުވުމުގެ ކުރިން އެ ލަވަ އެޑިޓުކޮށް އެއިން އެއް ކަޑި އުނިކޮށްފައިނޫނީ ނުފޮނުވަން ރައީސް އޮފީހުން އެންގިއެވެ. އަދި އެ ދުވަހާ ގުޅިގެން ޤައުމީ ފެންވަރުގައި އެއްވެސް ބޮޑު ހަރަކާތެއް ފާއިތުވި ފަސް އަހަރު ނުބާއްވައެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ ނަސްރުގެ ދުވަހުގެ ޛިކުރާ އައުކުރުމާއެކު، އެ ދުވަހާ ގުޅޭ މައުލޫމާތުތައް، ޚާއްޞަކޮށް ޒުވާނުންނަށް، ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ނަސްރުގެ ދުވަހުގެ ޛިކުރާ އައުކުރުމާއި އެ ދުވަހުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވުމާއެކު އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުކަމަށްވާ 2024 ވަނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމައަށް ދޭނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ