Wednesday 9th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ރަޝިޔާގެ ރައްދު އިޒްރާއީލަށް: ނަފުސު ދިފާއު ކުރުމުގެ ހައްގު އިސްރާއީލަކަށް ނޯންނާނެ

އަމިއްލަ ނަފުސު ދިފާއު ކުރުމުގެ ހައްގު އޮންނާނެ ކަމަށް ބުނެ އިސްރާއީލުން ދައްކަނީ އަސާސެއް ނެތް ވާހަކައެއް ކަމަށާއި އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގު އިސްރާއީލަށް ނޯންނާނެ ކަމަށް އދ. ގެ ސަލާމަތީ މަޖިލީގައި ބުނެ ރަޝިއާއިން އިސްރާއީލަށް ރައްދު ދީފިއެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ނަސްލު ނައްތައިލުމުގެ އަމަލުތައް ހުއްޓުވުމާ ބެހޭ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި އދ. ގައި ހުންނަވާ ރަޝިއާގެ ދާއިމީ މަންދޫބު ވިސީލީ ނިބިންޒިޔާ ވިދާޅުވީ އިސްރާއީލަކީ ފަލަސްތީނުގެ ބިން ގަދަބާރުން ހިފައިގެން އުޅޭ ގައުމަކަށްވާތީ އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމުގެ ހައްގު ފަލަސްތީނަށް އޮންނާނެ ކަމުގައެވެ.

ނަމަވެސް އަމިއްލަ ނަފުސުގެ ދިފާއުގައި ފަލަސްތީނުގެ އެއްވެސް ތަނަކަށް ހަމަލާދީ ފަލަސްތީނުގެ ރައްޔިތަކާ ދެކޮޅަށް ކަމެއްކުރުމުގެ ހައްގު ބައިނަލްއަޤްވާމީ ގާނޫނުތަކުގައި އިސްރާއީލަށް ނޯންނާނެ ކަމުގައެވެ.

ސަބަބެއް ކަމަށް ރަޝިއާގެ މަންދޫބު ފާހަގަ ކުރެއްވި ނުކުތާއަކީ އިސްރާއީލަކީ އިސްތިއުމާރީ ބާރެއްގެ ހައިސިއްޔިތުން ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ އިސްތިއުމާރީ ބާރަކަށްވާތީއެވެ.

ފަލަސްތީނުގެ ބިންތަކަށް އިޒްރާއީލުން ވެރިވެގަނެފައިވާތީ ފަލަސްތީނުގެ މުޖާހިދުން ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އިސްރާއީލު މައިގަނޑު ގޮތެއްގައި ހަމަލާދެނީ ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި، ސްކޫލްތަކާ އަދި ހޮސްޕިޓަލްތައް ފަދަ ތަންތަނަށެވެ.

ޔަހޫދީ އިޒްރާއީލުން ދެމުންގެންދާ މިފަދަ ހަމަލާތައް އެގައުމުން ސިފަ ކުރަނީ އަމިއްލަ ނަފުސު ދިފާއު ކުރުމުގެ ގޮތުންދޭ ހަމަލާތަކުގެ ގޮތުގައެވެ. އަދި އެގައުމަށް ވާގިވެރިވާ ހުޅަނގުގެ ގައުމު ތަކުން ވެސް ދެކެނީ އެ ހަމަލާތަކަކީ ޔަހޫދީން އެމީހުންގެ އަމިއްލަ ދިފާއުގައި ދޭ ހަމަލާތަކެއްގެ ގޮތުގައެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލަށް ލިބުނު ނާކާމިޔާބީތަކާ އަދި ބޮޑެތި ގެއްލުންތަކާ ގުޅިގެން އިސްރާއީލުން ގެންދަނީ ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ޕަވާ ސްޓޭޝަންތަކަށް އަމާޒުކޮށްގެން ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.

މި ހަމަލާތަކުގައި މިހާތަނަށް 8،000 އަށް ވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައިވާއިރު 20،000 އަށް ވުރެ ގިނަ އާންމުން ވަނީ ޒަޚަމްކޮށްލާފައެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ދިފާއުކޮށް އިސްރާއީލުގެ ދިފާއުގައި އދ. ގެ ސަލާމަތީ މަޖިލީހުން އެމެރިކާ ފާސްކުރަން އުޅުނު ދެ ގަރާރަކަށް ރަޝިއާ ވަނީ ހުރަސް އަޅައި އެދެގަރާރު ވީޓޯކޮށްފައެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ފަލަސްތީނާ އެއްކޮޅަށް ފާޅުގައި ބަހެއް ބުނެލަން ކެރޭ ގައުމުތައް ވަރަށް މަދެވެ. އިސްލާމީ ގިނަ ގައުމުތަކުގެ ވެރިން ވެސް ތިއްބެވީ މި މައްސަލައިގައި ހަނުއެވެ. އިޒްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުން މަރަމުން ގެންދަނީ އެމެރިކާގެ ތާއީދާއި މަދަދާއެކު އެވެ.

މި ލިއުމާއި ގުޅޭ