Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފުލުހުން އެދިގެން ފޯނު ހުޅުވައިނުދިން މީހަކު 21،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހެއްގެ ފޯނު ލޮކް ކޯޑު ދިނުމަށް ކޯޓު އަމުރެއްގެ ދަށުން އެދުމުން ލޮކް ކޯޑު ނުދިން މައްސަލާގައި އޭނާ 21،600 ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އެ މައްސަލާގައި ހިމެނޭ މުއްތަހަމަށް ތުހުމަތުކުރެވޭ ޖިނާއީ ކުށެއްގެ ތަހުގީގަށް ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން 20 މޭ 2018 ގައި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓު އަމުރުގައިވާ ގޮތުގެ މަތިން ފޯނުގައި ހުރި މައުލޫމާތު ސާފުކުރަން ފޯނުގެ ލޮކް ކޯޑު ޖަހައިދިނުމަށް އެދުމުން ފޯނު ލޮކް ކޯޑު ޖަހައިނުދިން މައްސަލައެކެވެ.

އެ މައްސަލާގައި ދައުލަތުން މުއްތަހަމުގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

މައްސަލައިގެ އަޑުއެހުމުގައި ދައުވާ ރައްދުވާ މީހާ ބުނެފައިވަނީ އޭނާ އަތުން ފުލުހުން ނެގީ ތިން ފޯނުކަމަށާއި، އެ ތިން ފޯނު ހުޅުވުމަށް ބޭނުންކުރާ ތިން ލޮކް ކޯޑުވެސް އޭނާ ފުލުހުންނާ ހިއްސާކުރި ކަމަށެވެ. އަދި ކޮންމެ ލޮކް ކޯޑެއް ކިޔައިދިނީ އެ ލޮކް ކޯޑު ބޭނުންކޮށްގެން ހުޅުވާ ފޯނަށް އިޝާރާތްކޮށް ކަމަށްވެސް އޭނާ ބުންޏެވެ.

އެހެންނަމަވެސް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިން ބުނެފައިވަނީ ފޯނުތައް ނެގިފަހުން ލޮކް ކޯޑު ދިނުމަށް އެދުމުން ފުލުހުން ހޯދާނެ ގޮތަކަށް ޕާސްވޯޑުތައް ހޯދައިގެން ފޯނު ހުޅުވުމަށް އޭނާ ބުނިކަމަށާއި، އެއްވެސް ލޮކް ކޯޑެއް ދީފައި ނެތް ކަމަށެވެ.

ހެކިވެރިންނަކީ އޭނާއާމެދު ޒާތީކަމެއް އޮވެގެން ހެކިބަސް ދިން ބައެއްކަމަށް މުއްތަހަމު ބުނި ނަމަވެސް ހެކިވެރިންގެ ކިބައިން ޒާތީކަމެއް ފެނުނުކަމަށް ބުނުން ފިޔަވައި އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް އޭނާއަށް ހުށަހެޅިފައިނުވެއެވެ.

މައްސަލަ ބެއްލެވި ޤާޟީ ޞަފްއަތު ހަބީބު ނިޔާ ކަނޑައަޅުއްވާފައިވަނީ އެ މައްސަލާގައި އުފުލި ދައުވާ ސާބިތުވާ ކަމަށެވެ. އަދި އަދަބެއްގެ ގޮތުގައި 3 މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމްކުރައްވައި އެ އަދަބު 21،600 ރުފިޔާއިން ޖޫރިމަނާކުރުމަށް ބަދަލުކުރައްވައި 4 މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އަމުރުކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ