Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަޟްޙާ ޢީދު

އީދު ފާހަގަކުރަން އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ހިމަނައިފި

އަންނަ އަހަރު އީދު ފާހަގަ ކުރުމަށް ދައުލަތުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ 49.5 މިލިއަން ރުފިޔާގެ ބަޖެޓުގައި ވަނީ ހޯމް މިނިސްޓްރީން އީދު ފާހަގަ ކުރުމަށް 50 މިލިއަން ރުފިޔާ ހިމަނާފަ އެވެ.
މި އަހަރު ވެސް ބޮޑު އީދުގައި މާލޭގެ ހުރިހާ އަވަށެއްގައި ގިޑިގެތައް ތައްޔާރުކޮށް މުޅި މާލެ އެކީ ދިއްލާލައިފަ އެވެ. ބޮޑު އީދާ ދިމާކޮށް މާލޭގެ ބޮޑެތި މަގުތަކުގައި ގިޑިގެތަކާއި ކުލަބޮކި ހަރުކުރީ، ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ސިޓީ ކައުންސިލުންނެވެ.
ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ މަހު ބޭއްވި ޖަލްސާގެ ތެރެއިން އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭ ހުރިހާ ސިޓީއަކާއި އަތޮޅުގެ ވެރިކަން ކުރާ ރަށެއްގައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކުލަ ގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ ބޮޑު އީދުގައި މާލެ ސަރަހައްދުގައި 22 ގިޑިގެއާއި 2224 ބޮކި ސިޓީ ކައުންސިލުން ދިއްލާފައިވެ އެވެ. އެއީ މާލެ ސަރަހައްދުގައި އެހާ ގިނަ އަދަދަކަށް ބޮކި ދިއްލައި އެފަދަ ގޮތަކަށް ޒީނަތްތެރިކުރި ފުރަތަމަ ފަހަރެވެ. އީދުގައި މާލެ ދިއްލައި ޒީނަތްތެރިކުރުމަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.
މާލޭގެ ގިޑިގެތަކާއި ކުލަ ބޮކިތައް ދިއްލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާތީ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ