Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ޑިމޮކްރެޓުން ތަދައްޚުލުވާނެ: އާޒިމް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރަން ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ތަދައްޚުލުވާނެކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީން ހުށަހަޅައި މައްސަލައިގެ ނޯޓިސް އެމަނިކުފާނަށް ދިނުމަށްފަހު، އެ މައްސަލަ ތާވަލުކުރި ނަމަވެސް މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލަ ކުރިއަށްގެންދެވޭ ގޮތް ނުވިއެވެ.

މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހިންގާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ. އެމްޑީޕީން ދެކޭ ގޮތުގައި އެފަދައިން ބުނެފައި އޮތް ނަމަވެސް މަޖިލީހުގެ ނައިބުރައީސަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނަމަ، މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން ކޮންމެވެސް ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވޭނެއެވެ.

މަޖިލީހުގެ އިދާރާއާއި އެމްޑީޕީއާ ދެމެދުގައި އެ މައްސަލާގައި އުފެދިފައިވާ ދެބަސްވުމާ ގުޅިގެން އެމްޑީޕީންވަނީ ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ މައްސަލާގައި މަޖިލީހުގެ ނައިބުރައީސް ނޫން ބޭފުޅަކަށް އިތުބާރުނެތްކަމުގެ މައްސަލަ ހިންގާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވޭނެކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފައިވާއިރު އާޒިމް ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސްއިން އެ މައްސަލައަށް ތަދައްޚުލުވާނެ ކަމަށެވެ.

"އެހެންވީމަ އެކަމަށް އަޅުގަނޑުމެން ތަދައްހުލުވާން ޖެހޭނެ. ހަމަ ޔަގީނުންވެސް އަޅުގަނޑު ތަދައްހުލުވާނަން"
އާޒިމް ވިދާޅުވެފައިވޭ

އާޒިމް ސިފަކުރެއްވި ގޮތުގައި އެމްޑީޕީން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅެނީ އެއްވެސް ގޮތަކަށް ރަނގަޅު ނިޔަތެއް އޮވެގެންނެއް ނޫނެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އާޒިމް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ހަމައެކަނި ނަޝީދުއަށް އަމާޒުވާ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ މަޖިލީހަށްވެސް އެ ދައުވާ އަމާޒުވާ ކަމުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީން ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އުޅެނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވައިކުރެއްވުމަށް ހުރަސްއެޅުމުގެ ނިޔަތުގައެވެ. އަދި ވެރިކަން ނިމެން އޮތް ކުޑަ މުއްދަތުގައިވެސް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މަޤުޞަދު އެމްޑީޕީގައި އޮތްކަމަށް އާޒިމް ތުހުމަތުކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ