Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ އެމް-ފައިސާއާ ގުޅިގެން ކުޑަކުދިންނަށް ޚާއްސަ ދިވެހި ވާހަކަ އެޕް "އޯލާ އެޕް" ތައާރަފްކޮށްފި

އުރީދޫ އެމް-ފައިސާއާ ގުޅިގެން ކުޑަކުދިންނަށް ޚާއްސަ ދިވެހި ވާހަކަ އެޕް "އޯލާ އެޕް" އެއް އަމިއްލަ ފަރާތަކުން ތައާރަފްކޮށްފިއެވެ.

އުރީދޫއިން ވަނީ އެމް-ފައިސާ މެދުވެރިކޮށް މި އެޕް ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފައެވެ.

އޯލާގެ ކްރިއޭޓިވް ލީޑް، ސަމާހަތު އިބްރާހިމް ވިދާޅުވީ އެމް-ފައިސާއާ އެކު އަލަށް ތައާރަފްކުރި ޕާޓްނާޝިޕަކީ އޯލާ އެޕް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު ކުރިއެރުމެއް ކަމަށާއި ބެލެނިވެރިންނާއި އެޑިއުކޭޓަރުންނަށް މިހާރު އެމް-ފައިސާ މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި އުނދަގޫ ކުރުމެއް ނެތި ސަބްސްކްރިޕްޝަން ފައިސާ ދެއްކޭނެ ކަމަށެވެ. މިއީ އޯލާ އެޕްލިކޭޝަނުން ބޭނުންކުރާ މީހުންގެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ، އެ އެޕްލިކޭޝަންތަކުގެ ޕްރިމިއަމް ކޮންޓެންޓަށް ވަނުމުގެ ފަސޭހަކަން އިތުރުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ "ޒުވާން ކިޔުންތެރިންގެ މެދުގައި ދިވެހި ބަސް ކުރިއެރުވުމަށް އޯލާ އެޕްލިކޭޝަނުން ކުރާ މަސައްކަތަކީ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ރައްޔިތުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅެއެވެ. އެމް-ފައިސާ އިންޓަގްރޭޓްކޮށްގެން، މައިންބަފައިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޯލާގެ މުއްސަނދި ދިވެހި ކޮންޓެންޓް ހޯދުމާއި، ބަހަށް އޮތް ލޯތްބާއި، އަޅުގަނޑުމެންގެ އެންމެ ޒުވާން ޖީލުގައި ކިޔެވުން އިތުރަށް ފަސޭހަކޮށްދިނުން. ދަރިންގެ ސަގާފީ އަދި ތައުލީމީ ކުރިއެރުމަށް މާނަހުރި އަސަރުތަކެއް ކޮށް، މި ދަތުރުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ކަމަށެވެ.

އައިއޯއެސް، އެންޑްރޮއިޑް އަދި ޓެބްލެޓްތަކުން ލިބެން ހުންނާނެ އޯލާ އެޕްލިކޭޝަނަކީ ކުޑައިރުއްސުރެ ދިވެހި ބަހަށް އޮތް ލޯބި އަލިކުރުމަށް ފަރުމާކޮށްފައިވާ ހިތްގައިމު ކޮންޓެންޓެކެވެ. އޯލާ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑާއެކު، މައިންބަފައިންނަށް ވަކި ލޮގިންއަކާއެކު ދިވެހި އަދި ބައިނަލްއަގްވާމީ ބޭނުންކުރާ ފަރާތްތަކަށް ހިދުމަތް ދޭ އާ ފީޗާތަކެއް ތައާރަފްކޮށް، ކުއްޖާގެ ކޮންޓެންޓް އެކިއުރޭޓް ކުރަން ބޭނުންވާ މައިންބަފައިންނަށް ފަސޭހަކަމާއި ރައްކާތެރި ތަޖުރިބާއެއް ކަށަވަރުކޮށްދެ އެވެ.

އޯލާ އެޕް ބޭނުންކުރާ ފަރާތްތަކަށް ދެ ވާޝަނެއް ހުށަހަޅައިދެ އެވެ. "އަޖުމާ" ވާޝަންގައި އެއްވެސް އަގަކާ ނުލައި ދިވެހި ވާހަކަތަކާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންޓެންޓް ލިބޭނެ އެވެ. ޕްރިމިއަމް ކޮންޓެންޓް ބޭނުންވާ ފަރާތްތަކަށް "ކިޔާމާ" ވާޝަން މެދުވެރިކޮށް މަހަކު 150 ރުފިޔާ އަދި އަހަރަކު 1440 ރުފިޔާގެ ސަބްސްކްރިޕްޝަން މޮޑެލްއެއް ލިބޭއިރު، ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓަށް އެކްސެސް ލިބޭނެ އެވެ.

މި އެޕްލިކޭޝަނަކީ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ބަލައިގަންނަ އެޕްލިކޭޝަނެކެވެ. އޯލާ އެޕް މެދުވެރިކޮށް އެމް-ފައިސާ ދެއްކުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށްޓަކައި، އެންމެ ފަހުގެ ވާޝަނަށް އެޕް އަޕްޑޭޓްކޮށް، ސަބްސްކްރައިބް ކުރާއިރު އެންމެ އިސްކަންދޭ ޕޭމަންޓް މެތަޑްގެ ގޮތުގައި އެމް-ފައިސާ ޚިޔާރުކުރެވޭނެއެވެ.

އޯލާ އެޕް މިހާރު ޑައުންލޯޑް ކުރެވޭނެ، ވީއައިއޭ: https://oala.app/download/

އެމް-ފައިސާއަށް ރަޖިސްޓްރީވުމަށް އުރީދޫ އެޕް http://ore.do/mf މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.
މި ލިއުމާއި ގުޅޭ