Sunday 8th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

މިދިޔަ އަހަރުގެ ނިޔަލަށް 1.2 މިލިއަން ކާޑު، 17.9 ބިލިއަން ރުފިޔާގެ މުއާމަލާތް!

ރާއްޖޭގައި ހިންގާ ބޭންކުތަކުން މިދިޔަ އހަަރުގެ ނިޔަލަށް ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކާޑުތަކުގެ އަދަދު 1.2 މިލިއަނަށް އަރާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްއެމްއޭ އިން އާންމުކޮށްފައިވާ އެ އިދާރާގެ ޕޭމެންޓު ބުލެޓިންގައެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ބޭންކުތަކުން ދޫކޮށްފައިވާ 1.2 މިލިއަން ކާޑުގެ ތެރެއިން 64 އިންސައްތަ އަކީ ޑެބިޓް ކާޑެވެ.

އަދި ބާކީ 36 އިންސައްތަ އަކީ ޕްރީޕެއިޑް ކާޑުކަމަށްވާއިރު އަނެއް 4 އިންސައްތައަކީ ކްރެޑިޓް ކާޑެެވެ.

އެމްއެމްއޭއިން ބުނިގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން އެކްޓިވް ނުވަތަ ބޭނުންކުރާ ކާޑުގެ އަދަދަކީ ޖުމްލަ ދޫކޮށްފައިވާ ކާޑުގެ 74 އިންސައްތައެވެ.

އެ ރިޕޯޓުން އެނގޭ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ ބަޔަކު މާލީ މުއާމަލާތް ކުރަން ބޭނުންކުރަނީ ޑެބިޓު ކާޑެވެ. އެގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް 750،000 ޑެބިޓު ކާޑު ދޫކޮށްފައިވާއިރު ޑެބިޓު ކާޑު ބޭނުންކޮށްގެން 43.5 މިލިއަން މުއާމަލާތް ކޮށްފައިވެއެވެ. އެއީ 16.8 ބިލިއަން ރުފިޔާގެ މުއާމަލާތެވެ.

މީގެއިތުރުން ރާއްޖޭގައި ވިސާ، މާސްޓާ އަދި އެމެކްސް ކާޑުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންކުރަނީ ވިސާ ކާޑުކަމަށްވެސް އެ ރިޕޯޓު ބުނެއެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތްތައް ކުރަން ބޭނުންކުރަނީ ކާޑު ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ކްރެޑިޓް ޑެބިޓް ނުވަތަ ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން 45.7 މިލިއަން މުއާމަލާތް ކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ