ކުރިމިނަލް ކޯޓުން ނިމުނު އަހަރު ޑިސެންބަރު މަހުގައި އިއްވި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރެއްވީ 1 އޮކްޓޯބަރު 2023 ގައެވެ. އެމަނިކުފާނު ބަދަލުކުރެއްވުމާއި ގުޅިގެން، އެކަމުގެ އުފާފާޅުކޮށް، އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހި ހިމެނޭ ސަރަޙައްދަށް ޖަމާވިއެވެ.
ރައީސް ޔާމީނު ގެކޮޅަށް ބަދަލުކުރި ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފުކުރައްވާފައިވާ މައްސަލައިގެ އަޑުއެހުންތައް ތާވަލުނުކުރެވި ދިގުލައިގެން ގޮސްފައިވެއެވެ. އެންމެ ފަހުން އެ މައްސަލާގައި ތާވަލުކުރި ދެ އަޑުއެހުންވެސް ދައުލަތުން އެދިގެން ކުރިމިނަލް ކޯޓުންވަނީ ފަސްކޮށްފައެވެ.
ރައީސް ޔާމީނުގެ ޝަރީޢަތް ފަސްކުރަނީ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވައި ޖުޑީޝަރީއަށް އަތްބާނައިގެންކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކުރެއެވެ. އަދި އެމަނިކުފާނުގެ ޝަރީޢަތް ލަސްކޮށް އެމަނިކުފާނުގެ އިންތިޚާބީ ޙައްޤުތައް ގެއްލުވައިލީ ގަސްތުގައިކަމަށްވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޤަބޫލުކުރެއެވެ.