Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ގައުމީ ކުޅުންތެރިންނަށް ދޭ އެލަވަންސް ޔޫތު މިނިސްޓްރީ އިން ނުދޭތާ ދެމަސް

ގައުމީ ޓީމްތަކަށް ކުޅޭ ކުޅުންތެރިންނަށް ދޭ އެލަވަންސް ޔޫތު މިނިސްޓްރީ އިން ނުދޭތާ ދެމަސް ވެފައިވާ ކަމަށް އެކުޅުންތެރިން ބުނެފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދިން ގޮތުގައި އެކުޅުންތެރިން ނިސްބަތްވާ އެސޯސިއޭޝަން ތަކުގައި ވެސް މި ޝަކުވާ ވަނީ ކޮށްފައެވެ. ނަމަވެސް އަދިވެސް އެލަވަންސް ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެފަރާތްތަކުން ބުނާކަމަށް ކުޅުންތެރިން ބުންޏެވެ.

މި އެލަވަންސް ނުލިބޭތީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށް އެކުންތެރިން ބުންޏެވެ. އެއްކުޅުންތެރިޔަކު ބުނީ މާލޭގައި ދިރިއުޅޭ ގެއަށް ކުލިދައްކައިގެން އުޅެނީ ގައުމީ ޓީމަށް ކުޅެގެން ލިބޭފައިސާއިން ކަމަށެވެ. އެހެންވެ، އެކަމާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށް އެކުޅުންތެރިޔާ ބުންޏެވެ.

މިކަމާއި ގުޅިގެން "ދިޔަރެސް"އިން ފުޓުބޯޅަ އެސޯސިއޭޝަނާއި ސުވާލު ކުރުމުން އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ އެ އެސޯސިއޭޝަނުން ހުށަހަޅަން ޖެހޭ މައުލޫމާތު މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ޔޫތުމިނިސްޓްރީއިން ވަނީ ކޮވިޑާ ހެދި ފައިސާ ނުދީ އެތައް ދުވަހަކު އެލަވަންސް ހިފަހައްޓައިފައެވެ. ނަމަވެސް އެފަހަރުވެސް ކޮރަޕްޝަންގެ އެތައް ކަންތައްތަކެއް ވަނީ ފެންމަތިވެގެން ގޮސްފައެވެ.

ޔޫތު މިނިސްޓްރީ އަކީ ޕްރޮޖެކްޓް ތަކުން އެންމެ ބޮޑަށް ކަރަޕްޝަން ހިންގާ ކަމަށް ތުހުމަތުވާ އެއް މިނިސްޓްރީކަން ފާހަގަ ކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ