Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު ރިފްޢަތު

ޖޭއެސްސީގައި އިންނަވާ އެކުވެރިޔަކަށް ފައިދާވާ ގޮތަށް އޭޖީ އަމަލުކުރެއްވިކަމުގެ ތުހުމަތު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމުގައި ހުންނަވާ ބޭފުޅަކަށް ފައިދާވާ ގޮތަށް ދައުލަތުން އަމަލުކުރުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އަންގަވައިފިއެވެ.

ޖޭއެސްސީގެ މެންބަރު ޢަބްދުލްމާނިޢު ޙުސައިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އޭނާއަށް ފައިދާވާނެ ގޮތަށް ދައުލަތުން ސްޓޭންޑު ނެގީ، ދައުލަތް ތަމްސީލުކުރި ވަކީލުންގެ ވިސްނުމާ ޚިލާފަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އެދިވަޑައިގެންކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ.

މާނިޢު ހުށަހަޅުއްވާފައިވާ މައްސަލައަކީ "ގެދޮރުވެރިޔާގެ ސްކީމް"އަށް އޭނާއާއި އިތުރު މީހަކު އެކުވެގެން ހުށަހެޅި އެޕްލިކޭޝަނެއް ބަލައިނުގަތުމަށް ހައުސިން މިނިސްޓްރީން ނިންމުމާ ގުޅިގެން އެ ނިންމުން ބާތިލުކުރުން އެދި ސިވިލް ކޯޓަށް މާނިއުއާއި އޭނާއާއެކު ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތް ހިމެނޭހެން ހުށަހަޅާފައިވާ މައްސަލައެކެވެ.

ދައުލަތުން އެ މައްސަލާގައި ކޯޓުގައި ބުނެފައިވަނީ އެ އެޕްލިކޭޝަން ބަލައިނުގަތުމަށް މިނިސްޓްރީން ނިންމި ނިންމުމުގައި އިދާރީ އޮޅުމެއް އެކުލެވޭކަން ދައުލަތުން ޤަބޫލުކުރާ ކަމަށެވެ. އަދި ދައުލަތުން އެދުނީ ދެފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު އިތުރު އަޑުއެހުމެއް ނުބާއްވައި އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމައިދިނުމަށެވެ.

ދައުލަތުން އެފަދައިން އެދުނު ނަމަވެސް ފުރަތަމަ މައްސަލަ ހުށަހެޅި މައްސަލައިގެ ދައުވާ ފޯމުގައި ހުރިކަންކަން ދައުލަތުގެ ސަމާލުކަމަށް ގެނައުމުން ދައުލަތުން ދިފާއުވެސް ހުށަހެޅިއެވެ. ނަމަވެސް ފަހުން ދައުލަތުން އެ މައްސަލާގައި މާނިއު ހުށަހެޅި ކަންކަމަށް އެއްބަސްވުމުން އިތުރަށް ދިފާއަށް ރިއާޔަތްނުކޮށް އިއުތިރާފަށް ބިނާކޮށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވެއެވެ.

ދައުލަތުގެ ބަހަށް ބަލާއިރު މާނިއުއާއި އިތުރު މީހަކު ބައިވެރިވެގެން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އުޒުރެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ. އަދި އެ އެޕްލިކޭޝަން ބަލައިގަތުމަށް އެ މައްސަލާގައި ސިވިލް ކޯޓުން ޕްލޭނިން މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ