Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ހަށިވިއްކި ދެ މީހަކަށް ކުށް ސާބިތުވެ ހަތަރު މަހުގެ ޖަލު ހުކުމެއް

މީގެ ހަތް އަހަރު ކުރިން ހަށިވިއްކި މައްސަލައެއްގައި ދައުވާކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ އެ ދެމީހުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ ސ. ހިތަދޫ، ސްޕަންޖްގެ، މަރްޔަމް އަޝްފާ އާއި ނ. ވެލިދޫ، ގުލިސްތާނުގެ، އާއިޝަތު ރިޒްނާގެ މައްޗަށެވެ.

އެ ކޯޓުން އެ ދެމީހުންގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލީ ރިޕޯޓް މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކޯޓުން އާންމެއް ނުކުރި ނަމަވެސް ކޯޓުން ބުނިގޮތުގައި ކުށް ސާބިތުވީ އެ ދެމީހުން ވެސް ޝަރީއަތުގައި ދައުވާއަށް އިންކާރުކޮށްފައި ވަނިކޮށެވެ.

ކްރިމިނަލް ކޯޓުން ބުނީ ކުށަށް އިންކާރު ކުރި ނަމަވެސް މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

އެހެންވެ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ހުކުމް ކުރެއްވީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެ ކޯޓުން ބުނީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުލްއުގޫބާތުގެ ދަށުން އެ ދެމީހުން ކުރެ ކޮންމެ މީހަކު ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

މި ލިއުމާއި ގުޅޭ