Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްބާސް ފާއިޒް

ރައީސް ނަޝީދަށް ދިން ހަމަލާގައި ސަރުކާރާއި އިދިކޮޅުގެ އަތެއް ނެތް: އައްބާސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ސަރުކާރުގެ ނުވަތަ އިދިކޮޅު ޕާޓީއެއްގެ ވެސް އެއްވެސް ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ހޯދިފައިނުވާ ކަމަށް އެ މައްސަލައިގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙު އައްޔަންކުރެއްވި ޚާއްޞަ މަންދޫބު އައްބާސް ފާއިޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވެފައިވަނީ އެ ހަމަލާއާ ގުޅުން އޮތް ކަމަށް ވާހަކަދެކެވޭ ފަރާތްތަކުގެ ގޮތުގައި ދައުލަތާއި އިދިކޮޅާއި އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ޝާމިލުވާ ފަރާތްތަކާއި ހަރުކަށި ފިކުރުގެ ގުރޫޕުތައް ހިމެނޭ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގައި އެ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ބެލި ކަމަށާއި ނަމަވެސް އެ ހަމަލާއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ޝާމިލުވާ ފަރާތްތަކާ ވެސް ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުންހުރި ހެކިތަކުން ދޭހަވަނީ އެކަން ރޭވި މީހުންނާ ހަރުކަށި ފިކުރާ ގުޅުންއޮތްކަމަށެވެ.

"މި މައްސަލައާ ގުޅުންހުރި ހެކިތަކުން ދޭހަވަނީ މިކަން ރޭވި މީހުންނާ ހަރުކަށި ފިކުރާ ގުޅުންއޮތްކަން،" އައްބާސް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިޔައީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން އައްބާސް ވިދާޅުވިގޮތުގައި ހަމަލާ ދޭނެ ގޮތް ރޭވުމުގައާއި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ މައްސަލަ އެއް ކެޓަގަރީގައި ހިމެނޭއިރު ދެވަނަ ކެޓަގަރީގައި ހިމެނެނީ ހަމަލާ ދޭން ނިންމައި، ފައިސާ ޚަރަދު ކުރި މީހުންނެވެ.

އޭނާ ވިދާޅުވީ މި މައްސަލައާ ގުޅުން ހުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ،ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް އެމީހުންގެ ތެރޭގައި ނުހިމެނޭ ބަޔެއްގެ ފަރާތުން މާލީ ނުވަތަ އެހެނިހެން އެހީ ލިބިފައިވުންކަމަށާއި އެހެންވެ ތަހުގީގުގެ ތެރޭގައި ތުހުމަތު ކުރެވޭ މީހުންގެ ބޭންކް ސްޓޭޓްމެންޓުތަކާއި ބޭންކް އެކައުންޓުތަކާއި ޑިޖިޓަލް ފުޓްޕްރިންޓް އެނަލައިޒްކޮށްފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ