Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ރާއްޖޭގައި ޔޫއެސް ކޮލެޖް ފެއާ ބާއްވަން އިއުލާންކުރުމުން ދިވެހިން ރަތަށް

ފަލަސްތީނާއި އިސްރާއިލާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި އެމެރިކާއިން އިޒްރޭލަށް ވާގިވެރިވަމުންދާއިރު، ރާއްޖޭގައި "ޔޫއެސް ކޮލެޖް ފެއާ" އެއް ބާއްވަން އިއުލާން ކުރުމުން ދިވެހިން އެކަމާ ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ.
ގްރެޖުއޭޓް އަދި އަންޑާ ގްރެޖުއޭޓް ކޯސްތަކަށް އެމެރިކާގައި ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ "ޔޫއެސް ކޮލެޖް ފެއާ" ބޭއްވުމަށް ނިންމާފައިވަނީ މަހު 11 ގަ އެވެ.
އެ ފެއާގައި ބައިވެރިވުމަށް ރަޖިސްޓާވުމަށް ހުޅުވާލައި، ރާއްޖޭގައި ހުންނަ ޔޫއެސް އެމްބަސީން މިއަދު އެކްސަގައި ޕޯސްޓު ކުރުމުން ގިނަ ދިވެހިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމާ ދެކޮޅަށް ދިވެހިން އެކްސްގައި ކޮމެންޓުކޮށް، ޝުއޫރު ފާޅުކޮށްފައިވަނީ އިނގިރޭސި ބަހުންނެވެ.
އެމްބަސީގެ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ ބަޔަކު ބުނި ގޮތުގައި "މުސްލިމުން ގަތުލުކުރާ މީހުންނާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތަކަށް" ރާއްޖެއިން ޖާގައެއް ނެތެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގައި ޔޫއެސްއޭއިން ވާގިވެރިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ޔޫއެސް ކޮލެޖް ފެއާއެއް ބޭއްވުމާއި، އެ ފެއާއަށް އެއްވެސް ދިވެއްސަކު ދިޔުމަކީ ވެސް ލަދުވެތި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
"ތުއްތު ކުދިން މެރުމާއި، އަންހެނުންނާއި އަންހެން ކުދިން ރޭޕްކުރުން ފަދަ ކަންކަމަށް ހިތްވަރުދީ ތާއީދުކުރާ މި އަނިޔާވެރިން ދޭ މިފަދަ ސްކޮލަރޝިޕްތައް ހިޔާރުކުރުމާމެދު އެއްވެސް މުސްލިމަކު ވިސްނައިގެންވެސް ނުވާނެ،" މީހަކު އިނގިރޭސި ބަހުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދިވެހި ޒުވާނުން ނުކުމެ ވަނީ އިޒްރޭލާއި އެމެރިކާގެ ދިދަތަކެއް އަންދާލާފަ އެވެ. އެކަމުން ވެސް މުސްލިމުން މަރާ މީހުންނާއި އެމީހުންގެ ވާގިވެރިންނަށް ރާއްޖެއިން ޖާގަ ނެތްކަމުގެ މެސެޖު ނުލިބުނީތޯ ވެސް ބައެއް މީހުން ވަނީ ސުވާލު ކޮށްފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް މިދިޔަ ދެ ދުވަހު ވަނީ ވަރުގަދަކޮށްފަ އެވެ. އަދި އެމެރިކާއިން އިސްރާއީލަށް ދީފައިވާ އަސްކަރީ ހަތިޔާރު ބޭނުން ކޮށްގެން ގައްޒާގައި ހުރި ހަމާސްގެ ބިންގަރާސްތައް ގޮއްވާލުމަށް ކަމަށްބުނެ އިޒްރޭލުގެ އަސްކަރިއްޔާއިން އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދިނެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި އިއްޔެގެ ނިޔަލަށް 5،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ. އަދި 15,000 އަށްވުރެ ގިނަ މީހުން ޒަހަމްވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފަ އެވެ.
މި ލިއުމާއި ގުޅޭ