Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ކޯރަމް ހަމަނުވެގެން މިއަދަށް އެޖެންޑާކުރި މަޖިލިސް ޖަލްސާ ނުބޭއްވުނު

މިއަދަށް އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާ ފަށަށް ޖަމަޖެހިފައި އޮންނަ ގަޑިކަމުގައިވާ ހެނދުނު 9:00 ވީއިރު ވެސް ކޯރަމް ހަމަވާ ވަރަށް މެންބަރުން ތަޅުމަށް ވަޑައިނުގަންނަވާތީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާން ކުރައްވާފަ އެވެ.
މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު، ކޯރަމް ހަމަވާން ބޭނުންވަނީ 22 މެންބަރުންނެވެ. އެކަމަކު އެ އަދަދަށް ވެސް މިއަދު މެންބަރުން ވަޑައިނުގެންނެވި އެވެ.
މިއަދުގެ ޖަލްސާއަށް ފުރަތަމަ އެޖެންޑާ ކޮށްފައި އޮތީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމެވެ. ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.
މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ހަރަދުކުރުމަށް ކަނޑައެޅި އަދަދަށްވުރެ އިތުރަށް ދައުލަތުގެ ހޭދަ ބޮޑުވެ، އަހަރު ނިމެން ތިން މަހެއްހައި ދުވަސް އޮއްވައި ބަޖެޓު ހުސްވެދާނެކަން ކަށަވަރުވުމާއެކު، ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފެށީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިންނެވެ.
އޭގެ އިތުރުން "ރާއްޖޭގެ މަސް ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރު"ގެ މަސައްކަތާއި، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް އަދި މަޖިލިސް މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ މަސައްކަތް ވެސް މިއަދަށް އެޖެންޑާ ކޮށްފައި އޮތެވެ.
މި ލިއުމާއި ގުޅޭ