Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ ނޭޝަން ގޭމާސް ލޭންޑް - ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމައި އެވޯޑު ދީފި

އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އުރީދޫ ނޭޝަން ގޭމާސް ލޭންޑް - ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމައި އެވޯޑު ދީފި އެވެ.

މި ފެސްޓިވަލުގައި 350 އަށް ވުރެ ގިނަ ގޭމަރުންނާއި އީސްޕޯޓްސްއަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވި ކަމަށް އުރީދޫ އިން ބުންޏެވެ.


މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި މުބާރާތްތަކުން މޮޅުވި ފަރާތްތަކުގެ އިތުރުން، މުޅި އަހަރުގެ ތެރޭގައި އީސްޕޯޓްސްގެ އެކިއެކި ކެޓެގަރީތަކުން އެންމެ ފާހަގަކޮށްލެވޭ ގޭމަރުންނާއި ޓީމުތައް އަދި ކޮމިއުނިޓީތައް ރޭ ބޭއްވި އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023ގައި ފާހަގަކުރިއެވެ.

މި ފެސްޓިވަލުގައި ކުރިއަށް ގެންދިޔަ ކޮސްޕްލޭ ކޮމްޕެޓިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމާއި ކެރެކްޓާ ދައްކާލުމުގެ ކޮސްޕްލޭ ޝޯ ވެސް ވަނީ ބާއްވައިފަ އެވެ.

  • - ކޮސްޕްލޭ ޝޯގައި 11 ބައިވެރިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލި
  • - މި ޝޯގެ އެއް ވަނަ ހޯދާފައިވަނީ ފްރައި ބޯއީ ކެރެކްޓާގެ ގޮތުގައި ބައިވެރިވި އަހުމަދު ވިޝާމް
  • - އޭނާއަށް 10،000ރ.ގެ ފައިސާގެ އިނާމެއް ދީފައިވޭ
  • - މި ގޭމިން ތަފާތު ވާދަވެރި މުބާރާތްތައް ކުރިއަށް ގެންދިޔައިރު، ކޮންމެ މުބާރާތަކުން ވެސް ރާއްޖޭގެ ގޭމަރުންގެ ހުނަރު ފެނިގެންދިޔަ ކަމަށް އުރީދޫން ބުންޏެވެ.
  • - މުބާރާތްތަކުން ވަނަތައް ހޯދި ފަރާތްތަކަށް ޖުމްލަ 185،000ރ.ގެ ފައިސާގެ އިނާމު ދީފައިވޭ
ރޭސިން ސިމިއުލޭޓަރު ޖީޓީ 7 މުބާރާތުން ވަނަ ހޯދި ފަރާތްތައް:
  • ޗެމްޕިއަން: އަޔާން އަހުމަދު ޝާނީޒް - 11،000ރ.ގެ ފައިސާގެ އިނާމު
  • ދެ ވަނަ: އަލީ އަޝްހަމް އަބްދުލް ހަމީދު - 8،000ރ.ގެ ފައިސާގެ އިނާމު
  • ތިން ވަނަ: އަހުމަދު އަލްވިން އައްސިދު ޒާހިރު - 6،000ރ.ގެ ފައިސާގެ އިނާމު
ޓެކްކެން މުބާރާތުން ވަނަ ހޯދި ފަރާތްތައް:
  • ޗެމްޕިއަން: އަހުމަދު އަބާން - 5،000ރ.ގެ ފައިސާގެ އިނާމު
  • ދެ ވަނަ: އަމީލް އިސްމާއީލް - 3،000ރ.ގެ ފައިސާގެ އިނާމު
  • ތިން ވަނަ: އަހުމަދު ތާބިޝް - 2،000ރ.ގެ ފައިސާގެ އިނާމު
އީއޭއެފްސީ 24 ފުޓްބޯލް ގޭމިން މުބާރާތުން ވަނަ ހޯދި ފަރާތްތައް:
ޓޮޕް ސްކޯރާ އަދި ޗެމްޕިއަން: މުހައްމަދު އައިމަން އަހުމަދު - 25،000ރ.ގެ ފައިސާގެ އިނާމު

ދެ ވަނަ: އަބްޔާން އަލީ ނިހާދު - 10،000ރ.ގެ ފައިސާގެ އިނާމު
ތިން ވަނަ: މުހައްމަދު ޒަމީލް ޒިހުނީ - 5،000ރ.ގެ ފައިސާގެ އިނާމު
އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް އިން ވަނަ ހޯދި ފަރާތްތައް:
  • ޗެމްޕިއަން: 50،000ރ.ގެ ފައިސާގެ އިނާމާ އެކު ޗެމްޕިއަންކަން ހޯދީ ޓީމް އީޓޫއެސް ޓީއެމް7
  • ދެ ވަނަ: 20،000ރ.ގެ ފައިސާގެ އިނާމާ އެކު ޗެމްޕިއަންކަން ހޯދީ ޓީމް އީޓޫއެސް އަކަޓްސުކީ
  • ތިން ވަނަ: 10،000ރ.ގެ ފައިސާގެ އިނާމާ އެކު ޗެމްޕިއަންކަން ހޯދީ ޓީމް އާރުޖީސީ ސިންޑިކޭޓް
  • ހަތަރު ވަނަ: 5،000ރ.ގެ ފައިސާގެ އިނާމާ އެކު ޓީމް އާރްޖީސީ ޑެނޯ
އެމްވީޕީ: 1500ރ.ގެ ފައިސާގެ އިނާމާ އެކު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޓީމް އީޓޫއެސް ޓީއެމް7ގެ ހައިޝަމް ވަހީދު
މީގެ އިތުރުން، މި ރަސްމިއްޔާތުގައި އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023ގެ ދަށުން، ގޭމިން އެންޑް އީސްޕޯޓްސް ކޮމިއުނިޓީއަށް ހާއްސަ އެވޯޑުތަކެއް ވެސް ދީފައިވެ އެވެ.
  • - ބެސްޓް ގޭމިން އޯގަނައިޒޭޝަން: އީޓޫއެސް ގޭމިން
  • - ބެސްޓް ސާވިސް އިން އީސްޕޯޓްސް: މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން (މެސާ)
  • - ޓޮޕް އެޗީވިން ކްލޭން: ރެޖިސައިޑް އީސްޕޯޓްސް
  • - ބެސްޓް ގޭމިން ކޮމިއުނިޓީ (ކޮންސޯލް އެންޑް ޕީސީ): އެޕެކްސްއެމްވީ
  • - ބެސްޓް ގޭމިން ކޮމިއުނިޓީ (މޮބައިލް): ޕަބްޖީއެމް ކޮމިއުނިޓީ
  • - އަހަރުގެ އެންމެ މޮޅު އީސްޕޯޓްސް ޓީމު: އާރްޖީސީ އޮޕެކްސް
  • - އެންމެ މޮޅު ޕަބްޖީއެމް ކުޅުންތެރިޔާ: މުހައްމަދު ހައިޝަމް ވަހީދު
  • - އެންމެ މޮޅު އެމްއެލްބީބީ ކުޅުންތެރިޔާ: ނަބީލް އައްބާސް
  • - އެންމެ މޮޅު އެފްސީ 24 މޮޅު ކުޅުންތެރިޔާ: ޒަކްވާން ޝިހާދު
  • - އެންމެ މޮޅު އެފްޕީއެސް ކުޅުންތެރިޔާ: މުހައްމަދު ޝާއިފް
  • - އަހަރުގެ އެންމެ މޮޅު ކާސްޓާ: މުހައްމަދު ރައްޔާން މާހިރު
ރޭގެ ހަފްލާގައި ދިން އިތުރު އެވޯޑުތައް:
  • - އެންމެ މޮޅު އީސްޕޯޓްސް ޕީސީ ކުޅުންތެރިޔާ: ހަސަން އަސީލް ރަޝީދު
  • - އެންމެ މޮޅު އީސްޕޯޓްސް މޮބައިލް ކުޅުންތެރިޔާ: އަހުމަދު މާހިލް މުހައްމަދު
  • - އެންމެ މޮޅު އީސްޕޯޓްސް ކޮންޓްރޯލާ ކުޅުންތެރިޔާ: މުހައްމަދު ޒަމީލް ޒިހްނީ
އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ފަރާތްތަކާއި ޓީމްތަކާއި އީސްޕޯޓްސް ޖަމިއްޔާތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ އެވޯޑެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ނޭޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ގުޅާލުމުގައި ދެމިއޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ލިއުމާއި ގުޅޭ