Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ނޫރުގެ ޤަތުލުގައި ބައިވެރި ކުޑަކުއްޖާއަށް ކޮށްފައިވާ މަރުގެ ހުކުމް ހައިކޯޓުން ބާތިލް ކޮށްފި

އައިޖީއެމްއެޗް ކައިރިން 2015 ވަނަ އަހަރުގައި ނޫރު އާދަމް ހަސަންފުޅު މަރައިލި މައްސަލާގައި ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް މަރުގެ އަދަބު އޭނާއަށް ނުދެވޭނެކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ނޫރުގެ މަރުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވީ މުހައްމަދު ފައިސަލްއެވެ. އަދި މީގެ އިތުރުން، ބެންޗުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒްއާއި ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.

ޖުވެނައިލް ކޯޓުން ނޫރުގެ ގަތުލުގައި ބައިވެރިވި ކުޑަކުއްޖާއަށް ކޮށްފައިވާ މަރުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން މިއަދުގެ އަޑުއެހުމުގައި ހައިކޯޓުން ނިންމާފައިވަނީ ކުށްކުރި އިރު ގާތިލަށް 18 އަހަރު ނުފުރޭތީ ޤިޞާޞް ނުހިފޭނެ ކަމަށެވެ. ނަމަވެސް ގަސްދުގައި ނޫރު މަރާލި ކަމުގެ ކުށް ގާތިލަށް ސާބިތުވާކަމާއިމެދު ޝައްކެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ބުނެފައިވެއެވެ.

މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގެ ހުކުމުގައި ފަނޑިޔާރު ވިދާޅުވެފައިވަނީ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުންނަމަ ގަސްދުމަރަކުން މީހަކު މަރައިފިނަމަ އިސްލާމީ ޝަރީއަތުގައި އޮންނަނީ މަގުތޫލުގެ ވާރިޘުން އެދޭނަމަ ޤިޞާޞްހިފުން ކަމުގައެވެ. ނަމަވެސް މި މައްސަލައިގައި ގާތިލް ކުށް ކުރިއިރު 18 އަހަރު ނުފުރޭތީ، މަރަށް މަރު ނުހިފޭނެ ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނު މިހާރު އޮތް ގޮތުން 18އަހަރު ނުފުރޭ ކުދިންގެ މައްޗަށް މަރަށް މަރު ނުހިފޭނެކަމަށްވެސް މިއަދުގެ އަޑުއެހުމުގައި ފާހަގަ ކޮށްފައިވެއެވެ.

ނޫރު އާދަމް ގަތުލު ކޮށްލާފައިވަނީ މާޗް 29 2015ގައިއެވެ. ނޫރު ގަތުލު ކޮށްލާފައިވަނީ، ސައިކަލުތަކެއްގައި އައިސް ނޫރުއަށް ތޫނު އެއްޗެހިން ހަމަލާދީއެވެ. އެ ހަމަލާ ދީފައިވަނީ އަ.އި.ޖީ.އެމް.އެޗް ހޮސްޕިޓަލް ކައިރިންނެވެ.

މި މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ އިތުރަށް ޏ.ފުވައްމުލައް، ޝައިނީ، މުޙައްމަދު ސަމީހާއި، އެ ރަށު ނޯވެލް، މުޙައްމަދު ޝަމްލުގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާގައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

އެ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅާފައިވާ 25 އަހަރުގެ ޖަލު ހުކުމް އެ ދެ މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ