Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަނގެތި

ދަނގެތިން ގެއްލުނު ޔޫސުއްބެ ހޯދަން 376،850 އަކަމީޓަރުގެ ސަރަހައްދެއް ބަލައިފި

އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ އދ. ދަނގެތި، ނޫލައިޓް / ޔޫސުފް އިބްރާހިމް (ޔޫސުއްބެ) ހޯދަން ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ކުޑަ ދޯންޏެއްގައި އެކަނި ވަދު މަސްވެރި ކަމަށް އުމުރުން 68 އަހަރުގެ ޔޫސުއްބެ ނުކުތީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ފަތިހުއެވެ.

އެމްއެންޑީއެފުން މީގެ ކުރިން ހާމަކުރިގޮތުގައި އެ އަތޮޅު އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށް ނުކުތް އެ ކުޑަ ދޯނި އދ. ރަންގަލި އުތުރު ކަނޑުއޮޅިން ދަނިކޮށް އެންމެ ފަހުން ފެނުނީ އެ ދުވަހުގެ 9:00 އާއި 9:30 އާ ދެމުދު ވަގުތެއްގައެވެ.

ޔޫސުއްބެ ގެއްލިގެން ހޯދަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެމްއެންޑީއެފުން މިއަދު ބުނީ ޔޫސުއްބެ ހޯދަން ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުން ކޮށްގެން މިހާތަނަށް 664 އަކަ މޭލު ސަރަހައްދު ބަލާފައިވާ ކަމަށެވެ.

އަދި ކޯސްޓްގާޑު ޑައިވަރުން 376،850 އަކަ ނޯޓިކަލް މޭލު ކަވަރުކޮށްފައިވާއިރު ޑޯނިއާ އެއާކްރާފްޓުން 907 އަކަ މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ