Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

ގިނައަހަރު ތަކަކަށްފަހު ނަވާޒް ޝަރީފް އެނބުރި ގައުމަށް ވަޑައިގަންނަވަނީ

ގިނަ އަހަރެއްވަންދެން އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މިއަދު އެބުރި ގައުމަށް ވަޑައިގެންނަވާނެ ކަމަށް މީޑިއާ ތަކުން ރިޕޯޓްކުރަމުން އެބަދެއެވެ.

ނަވާޒް ޝަރީފް އެނބުރި ގައުމަށް ވަޑައިގަންވަނީ ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާ ދިމާކޮށެވެ. މި އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަމަށް ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށްވަނީ އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފައެވެ. އިމްރާން މިހާރުވެސް ޖަލުގައި ހުންނެވި އިރު، އެމައްސަލަ އިސްތިއުނާފު ކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެންމެ ފަހުން ޕާކިސްތާނުގައި ނަވާޒް ޝަރީފް ހުންނެވީ ކޮރަޕްޝަންގެ ތުހުމަތުގައި ޖަލުގައެވެ. ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި ޖަލުން ނުކުމެވަޑައިގަތުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޕާކިސްތާންގެ އަސްކަރިއްޔާއިން، ބަޣާވާތަކުން ވެރިކަން ވައްޓާލި މީހާއަށް މަރުހަބާ ކިޔަން އެގައުމުގެ އަސްކަރިއްޔާ މިހާރު އޮތީ ތައްޔާރަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ތިން ފަހަރެއްގެ މަތިން ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފް ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލުމުން އެއަރ އެމްބިއުލާންސެއްގައި އޭނާ ގައުމު ދޫކޮށް ވަޑައިގެންނެވީ ބޭސް ފަރުވާއަށެވެ. އެއަށްފަހު ފާއިތުވި 4 އަހަރު އޭނާ ދިރިއުޅުއްވާފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

މި ލިއުމާއި ގުޅޭ