Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ސިޔާސީންނަށް ގުޅުއްވައި މިހާރު ފަލަސްޠީނު މައްސަލާގައި ހަރަކާތްތެރިވަނީ ހަރުކަށި މީހުންކަމަށް އިމްރާން ވިދާޅުވަނީ

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރަން އެއްވުންތައް ރާވައި، ޣައްޒާގެ އަހުލުވެރިންނަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްކަމަށް ތުހުމަތުކުރައްވައި، ސިޔާސީ ބޭފުޅުންނަށް ގުޅުއްވައި އަދާލަތު ޕާޓީއާއެކު އެ މަސައްކަތުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ކިބައިން އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެދިވަޑައިގަންނަވަން ފައްޓަވައިފިއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ދެއްވި ސިޔާސީ ޕާޓީއެއްގެ ނައިބުލީޑަރަކު ވިދާޅުވީ އެ ބޭފުޅުންނަށް ގުޅުއްވައި އިމްރާނު މިހާރު ހިނގަމުންދާ ފަލަސްޠީނަށް ތާއީދުކުރުމުގެ ހަރަކާތްތައް ރާވައި އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި ޖަމްއިއްޔާ ޖަމާއަތްތަކަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ސިފަކުރައްވައި ވާހަކަދެއްކެވި ކަމަށެވެ. އަދި އެ ޖަމްއިއްޔާ ޖަމާއަތްތަކަށް އިތުބާރުނުކުރެވޭކަމަށްވެސް ވިދާޅުވެފައިވާ ކަމަށެވެ.

އެގޮތުން ފަލަސްޠީނު ރައްޔިތުންނަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)އަދި އެ މަސައްކަތްކުރާ އިތުރު ބައެއް ޖަމްއިއްޔާ ޖަމާއަތްތަކަށް ރައްޔިތުން ދެމުންދާ ފައިސާއަށް ވާނުވާއެއް ނޭނގޭކަމަށްވެސް އިމްރާނު ތުހުމަތުކުރެއްވި ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އިތުބާރު ހިފޭ ބަޔަކު ފަލަސްޠީނަށް އެހީވުމާއި، އިސްރާއީލާ ދެކޮޅަށް އަޑުއުފުލުމުގެ އިސްސަފުގައި ތިބުމަކީ މުހިއްމުކަމެއް ކަމުގައި އޭނާ ވިދާޅުވިކަމަށްވެސް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

އެގޮތުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތައް އަދާލަތު ޕާޓީއާ ގުޅިގެން އެ ޕާޓީ އިސްވެ އޮންނަ ގޮތަށް ފަލަސްޠީނު މައްސަލާގައި އަޑުއުފުލައި، ފަލަސްޠީނަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަށް އިމްރާން ހުށަހެޅުއްވި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިންނާ "ދިޔަރެސް"އިން ވާހަކަދެއްކިއިރު އެ ޕާޓީތަކާވެސް އެކި ގޮތްގޮތުން އިމްރާން މި މަޝްވަރާކުރައްވާފައިވެއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވި ގޮތުގައި އިމްރާނުގެ ހަގީގީ ވިސްނުންފުޅެއްކަމަށް އެ ބޭފުޅުންނަށް ބެލެވެނީ ފަލަސްޠީނު މައްސަލާގައި ދިވެހިންގެ މެދުގައި އޮތް ޖޯޝާއި ފޯރި ބޭނުންކޮށްގެން ވަޅުޖެހިފައި އޮތް އަދާލަތު ޕާޓީގެ ތާއީދު އިތުރުކޮށް، އެ ޕާޓީ ކުރިއެރުވުމަށް މަގުފަހިކުރުމެވެ.

ފަލަސްޠީނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއަށް އަދާލަތު ޕާޓީގެ އެކްޓިވިސްޓުން އެމީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ވަންނަން އުޅުމުން އާންމުންގެ ނުރުހުން އެ ޕާޓީއަށް އޮތީ އަމާޒުވެފައެވެ.

ނިމެންދާ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އަދާލަތު ޕާޓީ އޮވެ ކަޝްމީރުގެ މުސްލިމުންނަށް ކުރަމުން އައި އަނިޔާތައް އޯއައިސީގައި ސަރުކާރުން ދިފާއުކުރުމުގެ ސަބަބުން އެ ޕާޓީއަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި އަދާލަތު ޕާޓީގެ ބައިވެރިވުން އޮތް ސަރުކާރަކުން ފާއިތުވި ފަސް އަހަރު އެކަށީގެންވާ ގޮތެއްގައި އިސްރާއީލުގެ ލާއިންސާނީ އަނިޔާތަކާމެދު ނުރުހުން ފާޅުކޮށްފައިނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި ލިއުމާއި ގުޅޭ