Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

185،000ރ. ލިބޭ، އުރީދޫގެ އެންމެ ބޮޑު ގޭމް ފެސްޓިވަލް ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި ފަށައިފި އެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި މި ހަފުތާ ބަންދުގައި ކުރިއަށް ގެންދާ ގޭމާސް ލޭންޑް ފެސްޓިވަލް ރަސްމީކޮށް ރޭ ފައްޓަވައި ދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ބައްސާމް އަލް މޮމާނީ އާއި ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒެވެ.
އެ ކުންފުނިން ބުނީ އެ މުބާރާތުގައި ބައިވެރިވާން 350 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. އެ މުބާރާތުގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ އާއި ކޮސްޕްލޭ އާއި އެފްސީ 24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތް އޮންނާނެ އެވެ.
ގޭމިން ފެސްޓިވަލްގައި ބާއްވާ މުބާރާތްތަކުން މޮޅުވާ މީހުންނަށް ފައިސާގެ ބޮޑެތި އިނާމުތަކުގެ އިތުރުން ހުރިހާ އުމުރު ފުރައެއްގެ ގޭމަރުންނަށް ވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ. އެގޮތުން ޖުމްލަ 185،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" އަކީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ހަރަކާތެވެ.
އުރީދޫން ބުނި ގޮތުގައި ޕަބްޖީ މުބާރާތުގެ ފައިނަލް މެޗްތަކުން ވަނަ ހޯދާ ޓީމުތަކަށް 89,000ރ ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އަދި ފީފާ އީއޭއެފްސީ އިން ވަނަ ހޯދައިފި ނަމަ 40،000ރ. ލިބޭއިރު ރޭސިން ސިމް ޗެލެންޖުން ވަނަ ހޯދާ ފަރާތަކަށް 25،000ރ. އަދި ޓެކެން މުބާރާތުން ވަނަ ހޯދާ ފަރާތަކަށް 10،000ރ. އޭގެ އިތުރުން ކޮސްޕްލޭ މުބާރާތުން ވެސް 10،000ރ. ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.
އެ ގޭމިން ފެސްޓިވަލްގެ ވަނަތައް އިއުލާމް ކުރާނނީ މާދަމާ ރޭ އެވެ.
ގޭމިން ފެސްޓިވަލަށް ދާ މީހުން ކްލޯ މެޝިންގެ އިތުރުން ވީއާރު ގޭމިން ތަޖުރިބާކޮށް، މުބާރާތުގައި ބައިވެރިވާ މީހުންގެ ކުޅުން ބަލާލައި، ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫން ބުނެ އެވެ.
މި ލިއުމާއި ގުޅޭ