Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު

ނަލަންދޫގައި ރިސޯޓެއް ހަދަން އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފި

ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފި އެވެ. މިއީ މިރަށް ބީލަމަށް ހުޅުވާލި ދެވަނަ ފަހަރެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުގައި އަންނަ މަހުގެ ހައެއްގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހެ އެވެ.

ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ނަލަންދުއަކީ ގިނަ އަހަރުތަކެއް ވަންދެން ލަނޑާ އާލާކުރާ ބަޔަކަށް ކުއްޔަށް ދޫކޮށްފައި އޮތް ރަށެކެވެ.

ނަމަވެސް މި ސަރުކާރުން ވަނީ އެ ރަށް އެ މީހުންގެ އަތުން އަތުލައި، ބަދަލު ދިނުމަށް ފަހު، ޓޫރިޒަމަށް ހާއްސަކޮށްފަ އެވެ. ސަރުކާރުން މި މަސައްކަތް ފެށީ 2021 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅައިގެންނެވެ.

ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އެމިނިސްޓްރީން ފުރަތަމަ އިއުލާން ކުރީ މި އަހަރުގެ އޮގަސްޓުގަ އެވެ.

އޭރު މި ރަށުގެ ބީލަން ހުޅުވާލީ ހއ. މެދަފުއްޓާ އެކީގަ އެވެ. ފަހުން އެ ލިސްޓަށް އިތުރުވީ ތ. ރުއްތިބިރަށެވެ.

މި ސަރުކާރުން ބީލަން ހުޅުވާލި ގިނަ ރަށްރަަށަށް އިންވެސްޓަރުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބެއެވެ. އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްގެން އެވޯޑު ކުރެވުނު ރަށްތަކުގެ ތެރެއިން ވެސް މިހާތަނަށް ހަވާލުކުރެވުނީ މަދު ރަށެކެވެ.

މި ލިއުމާއި ގުޅޭ