Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ފަތުރުވެރިކަމުގެ ސިނާއަތުގައި އިސް މަޤާމުތައް ދިވެހިންނަށް ފަހިކުރަން މަސައްކަތްކުރާނަން: ޑރ.މުޢިއްޒު

ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ ފަންތީގެ މަޤާމުތައް ދިވެހިންނަށް ފަހިކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޖެނެރަލް މެނޭޖާސް ފޯރަމް 2023 ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ވާހަކަފުޅުގައި ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ހުރިހާ ކަމެއްގައި "ފުރަތަމަ ދިވެހިރާއްޖެ" ސިޔާސަތު ތަންފީޒުކުރެއްވުމަށް އިސްކަންދެއްވާނެ ކަމަށެވެ.

މިހާރުވެސް ފަތުރުވެރިކަމުގެ މަންފާ ގިނަ ދިވެހި އާއިލާތަކަށް ލިބޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ މަންފާ ވީހާވެސް ގިނަ ބަޔަކަށް ލިބޭނެ ގޮތަށް ފައިދާ ބެހިގެންދާ ދިއުން އިތުރަށް ފުޅާކޮށް، އެ ސިނާއަތަކީ ކޮންމެ ދިވެއްސަކަށް މަންފާކުރުވަނިވި ސިނާތަކަށް ހައްދަވަން މަސައްކަތްކުރައްވާނެ ކަމަށެވެ.

މި ގޮތުން، މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި މުވައްޒަފުންގެ އާއިލާތަކާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރަށް އެ ސިނާއަތުގެ އެންމެ މަތީ ފަންތީގެ މަޤާމުތައް މިހާރަށްވުރެ ބޮޑަށް ދިވެހިންނަށް ފަހިކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި ސަމާލުކަންދެއްވާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވައި، އުޖޫރަ ދިނުމުގައި މިންތީގެ ހަމަހަމަކން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ