Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނެކަން ޓޮމް އިއުލާނުކުރައްވައިފި

އަންނަ އަހަރު އޮންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަޤާމަށް ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު އިއުލާނުކުރައްވައިފިއެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އެފްއޭއެމަށް އަމާޒުވެ، އެފްއޭއެމް ސަލާމަތްކުރަން ގޮވައިލާ "ސޭވް އެފްއޭއެމް"ގެ ނަމުގައި ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނާއި، ކޯޗުންނާއި، ޓީމުތަކުގެ މެނޭޖަރުން ބޮޑު ހަރަކާތެއް ފަށާފައިވަނިކޮށް އެފްއޭއެމްގެ އިންތިޚާބު ބޯމަތިވެފައިވާއިރު، އެފްއޭއެމްގެ ލީޑާޝިޕު ބަދަލުކުރުމުގެ ރޫހު މިހާރު އަންނަނީ ވަރަށް ބޮޑަށް ފާޅުވަމުންނެވެ.

ފާއިތުވި މުއްދަތުގައި ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު ދަށްވެ ސަރަހައްދީ މުބާރާތްތަކުގައި ކުރިން ހޯދި ކާމިޔާބީ ރާއްޖެއަށް ނުހޯދޭއިރު، އެފްއޭއެމްވަނީ މާލީ ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހިފައެވެ. ބޭރުގެ ކޯޗުންނަށް މުސާރަނުދިނުމާއި، އެހެނިހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދެއްކުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.

އެފްއޭއެމްގެ އިންތިޚާބު އަންނަ އަހަރު އޮންނައިރު މިހާތަނަށް އެ މަޤާމަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވާފައިވަނީ ޓޮމް އެކަންޏެވެ. ނަމަވެސް ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ފޯވާޑު އަލީ އަޝްފާޤު އެ މަޤަމަށް ނެރުމަށްވެސް ބައެއް މީހުން އަންނަނީ މީސްމީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިއްލަވާކަން އިއުލާނުކުރައްވައި ފޭސްބުކުގައި ޓޮމް ކުރެއްވި ޕޯސްޓުގައި އެ މަޤާމަށް ކުރިމަތިލައްވަނީ ދިވެހި ފުޓުބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށްޖެހުމުގެ މަޤުޞަދުގައިކަމަށް އޭނާ ވިދާޅުވިއެވެ.

"ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން،" ޓޮމް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ