Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރުވުން

ނިޔާވެފައިވަނިކޮށް ކަނޑުން ފެނުނީ ރަސްފަންނާ ދިމާލަށް މޫދަށް ފުންމައިލި މީހެއް

ނިޔާވެފައި އޮއްވައި މިއަދު ހެނދުނު ކަނޑުމަތިން ފެނުނު މީހަކީ ރޭގެ ވަގުތެއްގައި ރަސްފަންނާ ދިމާލުން މޫދަށް ފުންމައިލި މީހެއްކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ދޫނިދޫއާއި ފުނަދޫއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހަށް މައުލޫމާތު ދީފައިވަނީ މިއަދު ހެނދުނު 9:00 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ރަސްފަންނާ ދިމާލަށް މޫދަށް ފިރިހެނަކު ފުންމައިލިކަމުގެ ރިޕޯޓެއް ރޭ 19:25 ހާއިރު ފުލުހުންނަށް ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ. އެތަނަށް ފުލުހުން ދިޔައިރު މޫދަށް ފުންމައިލި މީހާ ކަނޑުމަތިން ފެނުނުކަމަށެވެ.

އަދި އެސަރަހައްދަށް ފުލުހުން ދިޔައިރު މޫދަށް ފުންމައިލި މީހާ މޫދުގައި ފެންނަން އޮތުމުން އެ ސަރަހައްދަށް ދިޔަ ފުލުހަކު މޫދަށް ފައިބައި އޭނާ ސަލާމަތްކުރެވޭތޯ މަސައްކަތްކުރި ނަމަވެސް، އޭނާ އޮތް ހިސާބަށް ފަތާފައި ފުލުސް އޮފިސަރު ދިޔައިރު އެމީހާ އެހިސާބުން ފެންނަން ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެހިސާބުން ވީނުވީއެއް ނޭނގި މޫދަށް ފުންމައިލި މީހާ ގެއްލުނީއެވެ. ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން ކުރިކަމަށާއި، އެގޮތުން 41،590 އަކަމީޓަރުގެ ސަރަހައްދެއް ސިފައިން ފީނައިގެން ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިން މައުލޫމާތު ދިން ގޮތުގައި ރަސްފަންނު ކައިރިން މޫދަށް ފުންމައިލި މީހާ ނިޔާވެފައިވަނިކޮށް މިއަދު ހެނދުނު ފެނުނީ އެމްޓީސީސީގެ ފެރީއެއްގެ ފަޅުވެރިންނަށެވެ.

މި ލިއުމާއި ގުޅޭ