Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރުވުން

ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލެ އަތޮޅުގެ ކަނޑުމަތިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު ދޫނިދޫއާއި ފުނަދޫ (ތެޔޮ ފުނަދޫ) ދެމެދުގައިވާ ކަނޑުގެ ސަރަހައްދުންކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވިއެވެ.

ނަމަވެސް ކަނޑުމަތިން ނިޔާވެފައިވަނިކޮށް ފެނުނު މީހަކީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއްކަން ފުލުހުން ކަށަވަރުކޮށްދީފައިނުވެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ މިހަށިގަނޑު ފެނިގެން ފުލުހަށް އެކަން އަންގާފައިވަނީ ހެނދުނު 9.10 ހާއިރު ކަމަށެވެ.

ނިޔާވެފައިވަނިކޮށް ކަނޑުން ފެނުނު މީހާގެ ހަށިގަނޑު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުކުރަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ހަށިގަނޑަކީ ވަރަށް ތާޒާކޮށް އޮތް ހަށިގަނޑެކެވެ.

ފާއިތުވި ހޮނިހިރުދުވަހުގައި މަހަށް ނިކުމެ އުޅެނިކޮށް އދ.ދަނގެތިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންވަނީ މި ހަފުތާ ފެށުނުއިރު ކޮށްފައެވެ. އަދި މިހާތަނަށް އޭނާ ފެނިފައިނުވެއެވެ.

މޫސުން ގޯސްވާ ދުވަސްވަރު ކަނޑުމަތީގައި ތަފާތު ހާދިސާތައް ހިނގުމަކީ އާންމު ކަމެއް ކަމުގައިވާތީ މޫސުމަށް ސަމާލުވާން އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

މި ލިއުމާއި ގުޅޭ