ގިނަ ބައެއްގެ ތާއީދު ހޯދާފައިވާ ފްރާންސްގެ މަޝްހޫރު ފުޓުބޯޅަ ކުލަބު ޕީއެސްޖީގެ މެޗެއް ބަލައިލަން ޕެރިސް ދަތުރެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.
އުރީދޫއިން ބުނީ އުރީދޫގެ މޮބައިލް ނުވަތަ ބްރޯޑްބޭންޑް ޕްލޭންއެއް އެކްޓިވޭޓު ނުވަތަ އަޕްގްރޭޑު ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މިއަދު ތައާރަފްކުރި ޕެރިސް ދަތުރު ލިބޭ އޮފާގައި ބައިވެރިވެވޭނެ ކަމަށެވެ. އެ އޮފާގެ މުއްދަތަކީ 31 ޑިސެމްބަރެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް އުރީދޫއިން ދޭން ނިންމާފައިވަނީ:
ފްރެންޗު ލީގުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޕީއެސްޖީ އާއި ލިޔޯން އެންމެ ފަހުން ބައްދަލުކުރި މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީ އެވެ. އެ ދެ ޓީމު ދެން ބައްދަލުކުރާ ލީގު މެޗު ތާވަލުކޮށްފައިވަނީ 21 އޭޕްރީލް 2024 ވަނަ ދުވަހަށެވެ.