Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޭޕް

ކުޑަކުއްޖަކު ރޭޕުކޮށް ބަނޑުބޮޑުކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން 18 އަހަރުނުވާ އަންހެންކުއްޖަކު ރޭޕުކޮށް ބަނޑުބޮޑުވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކުރުމުން ބަލިވެއިން މައްސަލަ ފުލުހުން ބަލަން ފެށީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގައެވެ.

މިއަދު މި މައްސަލާގައި މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މި މަހުގެ 15 ވަނައަށްވީ އާދީއްތަދުވަހު ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން، 30 ދުވަހުގެ މުއްދަތެއް އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަން ކޯޓުން އަމުރު ނެރެފައިވެއެވެ.

އަންހެންކުއްޖާގެ މަންމަ މީސްމީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު ރޭޕުކޮށް ބަނޑުބޮޑުކުރީ އެ ރަށުގެ ފިރިހެނުންތަކެއް ކަމަށެވެ. އަދި ދަރިފުޅު ބަނޑުބޮޑުވުމުން އޭނާއަށް ބިރުދައްކައިގެން ބަނޑުގައި އޮތް ދަރިފުޅު ވައްޓައިލަން މަސައްކަތްކުރި ކަމަށާއި، އެކަން ނުވުމުން އެމީހުން ކުރި ކަންކަން އޭނާއާ ހިއްސާކުރިކަމަށްވެސް މަންމަ ލިޔެފައިވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު ރޭޕުގެ ޝިކާރައަށްވީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ