Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

ދަރިމައިނުވުމުގެ މައްސަލަތަކަށް އާސަންދަ ހަމަޖައްސަން ލަފާ ދިނުމަށް މަޖިލީހުން ނިންމައިފި

ދަރިމައިނުވުމުގެ މައްސަލައަށް، އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭ ގޮތް ހަމަޖައްސައި، ސަރުކާރު ހޮސްޕިޓަލްތަކުން އެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލަފާ އެރުވުމަށް މިއަދު ނިންމައިފި އެވެ.

މަޖިލީހުން މިގޮތަށް ނިންމީ ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި ބޮޑުވަމުންދާތީ، ގައުމީ ފެންވަރުގައި ދިރާސާއެއް ހަދައި އާސަންދައިގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށް ވުރެ ފުޅާކޮށް ފަސޭކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް ފަހު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށެވެ. އެ ކޮމިޓީ ރިޕޯޓް ފާސްކުރުމަށް 45 މެމްބަރުން ވޯޓު ދެއްވި އެވެ.

ގަރާރު ދިރާސާކުރި މަރުހަލާގައި ކަމާ ބެހޭ އިދާރާތައް ހާޒިރުކޮށް އެ ފަރާތްތަކުން ދިން ބައެއް މައުލޫމާތުތަކަށް ރިއާޔަތްކޮށް، ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ އާސަންދަ އިސްލާހުކޮށް، އެ ސްކީމްގެ ތެރޭގައި ދަރިމައިނުވުމުގެ މައްސަލައަށް ދެވޭ ފަރުވާ ހިމެނުމަށެވެ.

އޭގެ އިތުރުން ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމަކީ:
  • - ރާއްޖޭގެ ދަރިމައިވާ ރޭޓް ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބަލަން ކަމާ ގުޅޭ ވުޒާރާއިން އިސްނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރަން ޖެހޭ
  • - ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުން ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ'

ދަރިމައިނުވުމުގެ މައްސަލަތަކާ ގުޅިގެން އާސަންދައިން އެ ކޮމިޓީގައި ބުނެފައިވަނީ އެ މައްސަލައަށް އާސަންދަ ހަމަޖައްސާނަމަ ދުރު ރާސްތާގައި އެކަމުގެ ސަބަބުން ދައުލަތަށް މާލީ ގޮތުންނާއި އެހެން ގޮތްގޮތުން އުފުލަންޖެހޭ ބުރަ ބޮޑުވެދާނެ ކަމަށެވެ.

އެހެންނަމަވެސް އެ ސްކީމުން އެ ފަރުވާ ލިބޭ ގޮތަށް ހަމަޖައްސާނަމަ، އާސަންދައިގެ ތެރެއިން އެކަމަށް އުސޫލުތަކެއް ހަދަން ޖެހޭ ކަމަށާއި އަދި އެހެން ގައުމުތަކެކޭ އެއްގޮތަށް ނޭޝަނަލް ފާޓިލިޓީ ކެއާ ފަންޑުތައް ފަދަ މާލީ އިޖްތިމާއީ އެހީ ފޯރުކޮށްދޭ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

ދަރިމައިނުވުމުގެ މައްސަލަ އަށް ރާއްޖޭގެ ގިނަ އަންހެނުން ރާއްޖެއިން ބޭރުން ފަރުވާ ހޯދައެވެ. ނަމަވެސް އެ ފަރުވާ އަކީ އާސަންދަ ކަވަރު ނުކުރާ ފަރުވާ އެއް ކަމުން މި ކަމަށް ގިނަ ޚަރަދުތަކެއް އެމީހުން އަތުން ޚަރަދުވެއެވެ.

މި ލިއުމާއި ގުޅޭ