Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ބަންގުލަދޭޝް އަތުން ބަލިވެ، ވޯލްޑް ކަޕް ކޮލިފައިންގެ ޖާގަ ރާއްޖެއަށް ގެއްލިއްޖެ

ބަންގްލަދޭޝް އަތުން ބަލިވެ، ވޯލްޑް ކަޕް ކޮލިފައިން ރާއްޖެ އަށް ޖާގަ ގެއްލިއްޖެ އެވެ.

އޭޝިއާ ޒޯންގެ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގެ ދެވަނަ ލެގް މެޗުގައި މިއަދު ޑާކާގެ ބަޝުންދަރާ ކިންގްސް އެރީނާގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާ އަކުންނެވެ.

މިއަދު ރާއްޖޭން ފެށީ ރަނގަޅު ގޭމެކެވެ. އެގޮތުން ރަނގަޅު އެޓޭކްތަކެއް ކޮށް ބަންގްލަދޭޝްގެ ފަހަތަށް ރާއްޖޭން ބާރުބޮޑު ކުރި އެވެ.

ނަމަވެސް ކައުންޓަ އެޓޭކު ފުރުސަތެއްގައި ބަންގްލަދޭޝްގެ ރާކިން ހުސައިން މެޗުގެ 11 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައި ދިނެވެ.

ފުރަތަމަ ހާފުގައި، އިބްރާހިމް އައިސަމްގެ ލަނޑުން ރާއްޖޭން ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު ދެވަނަ ހާފު ފެށިގޮތަށް މުހައްމަދު ފައިސަލް އަހުމަދު ފާހިމް ބަންގްލަދޭޝް އަށް ލީޑް ނަގައި ދިނެވެ.

އޭޝިއާ ޒޯންގެ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގެ ފުރަތަމަ ލެގްގައި މިދެޓީމް ރާއްޖޭގައި ކުޅުނު މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މިއަދުގެ މެޗުން މޮޅުވެ ބަންގްލަދޭޝް ވަނީ ކޮލިފައިންގެ ގުރޫޕް އިން ޖާގަ ހޯދާފަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭލިއާ އާއި ލުބުނާން އަދި ފަލަސްތީނެވެ.

މި ލިއުމާއި ގުޅޭ