Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަނޑިޔާރު މަހާޒު

ފަނޑިޔާރު މަހާޒް ގުރުއާނުގެ ހުލާސާ ތަފްސީރެއް ލިޔުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރެއް ދިވެހި ބަހުން ލިޔުއްވައި އެ ފޮތް މިއަދު ނެރުއްވައިފި އެވެ.

ރާއްޖެ އިސްލާމީ ދުވަހާ ދިމާކޮށް މަހާޒް ނެރުއްވި އެ ހު ހުލާސާ ތަފްސީރު "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު" ފޮތަކީ އޭނާ ލިޔުއްވަން ފައްޓަވާފައިވާ ތަފްސީރުގެ ފުރަތަމަ ވޮލިއަމެވެ.
މަހާޒްގެ ބްލޮގުގައި ވިދާޅުވި ގޮތުގައި މިއަދު 444 ސޮފުހާގެ ފުރަތަމަ ވޮލިއަމް ނެރުނު އިރު، ތަފްސީރު އެއްކޮށް ނިމޭއިރު އޮންނާޏީ ހަ ވޮލިއަމަށެވެ.
އެ ތަފްސީރުގައި ކޮންމެ އާޔަތެއްގެ ތަފްސީރު ލިޔެފައި ވަނީ ފަރުވާތެރިކަމާއެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެން ކަމަށް މަހާޒް ވިދާޅުވި އެވެ.
އެ ތަފްސީރުގެ ލިޔުމުގައި މަދު ތަނެއްގައި މެނުވީ މުޅިން ވެސް ބޭނުން ކޮށްފައިވަނީ ތާނަ އަކުރެވެ. އަދި އަރަބި ލަޒުފުތައް ލިޔެފައިވަނީ ތިކިޖެހި ތާނައިންނެވެ.
މަހާޒް ވިދާޅުވި ގޮތުގައި ކީރިތި ގުރުއާނުގެ ތަފްސީރު ލިޔަން ފެއްޓެވީ 2015 ވަނަ އަހަރު އެވެ. އެ މަސައްކަތް ފެށުނީ، އޭނާ ކޮއްކޮ ނިހާޒު ނެރުނު "ގުރުއާން އެމްވީ" މޮބައިލް އެޕްލިކޭޝަނާއެކު، ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާއެއް ލިޔުމަށް ލިބުނު ހިޔާލުތަކުގެ ސަބަބުންނެވެ.
ތަފްސީރު ފޮތް މި ވަގުތު މާލެ އާއި ހުޅުމާލޭގެ ނޮވެލްޓީ ބުކްޝޮޕުން ލިބެން ހުންނާނެ އެވެ.
މި ލިއުމާއި ގުޅޭ