Saturday 2nd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަލްޑަމިއަރު ޕުޓިން

ޕޫޓިން، ނަތަންޔާހޫ އަށް: މަޞްރަޙް މިދަނީ ވަރަށް ކައިރިން ބަލަމުން

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ވިދާޅުވީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެހީތެރިވުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށާއި، މެދުއިރުމަތީގެ މަޞްރަޙް ވަރަށްކައިރިން ބަލަމުން އަންނަ ކަމަށެވެ.

ކްރެމްލިން އިން ބުނީ ހާލަތު އާންމުކުރުމަށާއި ހަމަނުޖެހުންތައް އިތުރަށް ހޫނުވިޔަ ނުދިނުމަށާއި ޣައްޒާގައި އިންސާނީ ކާރިސާއެއް ހިނގިޔަ ނުދިނުމަށް ރަޝިއާއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ވްލަޑިމިއާ ޕޫޓިން، ނަތަންޔާހޫ އަށް އަންގަވާފައިވާ ކަމަށެވެ.

ކްރެމްލިން އިން ބުނީ މީގެ ކުރިން ހޯމަ ދުވަހު ޕޫޓިން ވަނީ އީރާނާއި މިސްރާއި ސީރިއާ އަދި ފަލަސްތީނުގެ ލީޑަރުންނާ އެކު މި ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އާންމުންނާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ހަމަނުޖެހުން ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މެދުއިރުމަތީގެ ޑިޕްލޮމެޓިކް މައިދާނަށް ޕުޓިން ވަދެވަޑައިގަތީ އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ހަނގުރާމަ ހުއްޓާލުމުގެ ގޮތުން އީރާނާއި އަރަބި ބާރުތަކުގެ އިތުރުން ބޮޑެތި ފަސް ބާރާއަކާއި ވާހަކަ ދައްކަވަމުންނެވެ.
އީރާނާއި ހަމާސް އާއި އަރަބި ބޮޑެތި ބާރުތަކާއި ފަލަސްތީނާއި އިސްރާއީލާ ގުޅުން އޮންނަ ރަޝިއާއިން ތަކުރާރުކޮށް ބުނަމުން ދަނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގެނައުމަށް އެމެރިކާ އާއި ހުޅަނގުން އިހުމާލުވެފައިވާ ކަމަށެވެ.
ކްރެމްލިން އިން ބުނީ ޕޫޓިން ވަނީ އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައި ކަމަށެވެ. މީގެ އިތުރުން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް އިތުރަށް ވާހަކަ ދެއްކެވުމަށް ވިސްނަވާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
ކްރެމްލިންގެ ޚާރިޖީ ސިޔާސަތުގެ އެޑްވައިޒަރު ޔޫރީ އުޝާކޮވްއާ ހަވާލާދީ ދައުލަތުގެ ނޫސްތަކުގައި ބުނެފައި ވަނީ މި ހާލަތުގައި މިވަގުތު އޮތް އެންމެ ބޮޑު ކަމަކީ ވަގުތުން ހަމަލާތައް ހުއްޓާލައި ސިޔާސީ ހައްލެއް ގެނައުމުގެ މަސައްކަތް ފެށުން ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޔޫކްރެއިންއަށް ތާއީދުކޮށް ހުޅަނގުން ރަޝިއާ ވަކިކުރަން މަސައްކަތް ކުރާ ކަމަށް ވިދާޅުވާ ޕޫޓިން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުން ދޭހަވަނީ މި ސަރަހައްދުގައި އެމެރިކާގެ ސިޔާސަތު ފެއިލްވެފައިވާ މިންވަރު ކަމަށެވެ.
ނަމަވެސް ރަޝިޔާއިން ވެސް ތަކުރާރުކޮށް އިންޒާރު ދެމުން ދަނީ މި ހާލަތު ހަލުވިކަމާއެކު ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ދެ މެމްބަރު ރަޝިއާ އާއި ޗައިނާ އިން ބުނަމުން އަންނަނީ ހަމަނުޖެހުންތަކުގެ މައިގަނޑު އަސްލަކީ ފަލަސްތީނަށް އިންސާފު ނުލިބުން ކަމަށެވެ.

މި ލިއުމާއި ގުޅޭ