Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް މެންބަރުން

ވީބީ ހަސަން މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި

ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާނެކަން ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝިޔާމް އިއުލާން ކުރައްވައިފިއެވެ.

ޙަސަން އަކީ މިހާރު ވެސް މެދު ހެންވޭރުގެ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ރައީސް އެވެ. ހަސަންގެ ލީޑާޝިޕްގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެބުރުގައި ވެސް މެދުހެންވޭރު ދާއިރާގެ އަޣުލަބިއްޔަތު ހޯއްދަވާފައެވެ.

ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި، މެދުހެންވޭރު ދާއިރާއަށް ވާދަކުރަން ނިންމާފައިވާ ކަމަށާއި ރައްޔިތުންގެ އިޙްސާސްތައް ދަންނަ، ގާތުން މަސައްކަތްކުރާނެ މީހަކަށް އޭނާ ވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ހަސަން ވިދާޅުވީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕް އާއި އާއްމު މެންބަރުންގެ ތާއީދާއިއެކު ކަމަށެވެ.

މި ލިއުމާއި ގުޅޭ