Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ގިނަ އަދަދެއްގެ ބަނގުރަލާއި އެކު ތިލަފުށިން މީހަކު ހައްޔަރުކޮށްފި

ކ. ތިލަފުށިން 110 ފުޅި ބަނގުރަލާއި އެކު ބިދޭސީ އަކު ހައްޔަރުކޮށްފިއެވެ.

ތިލަފުށީގައި ބަނގުރާ ގެންގުޅެ ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ 36 36 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބިދޭސީ މީހާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ތަކެތި ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާ ގެންގުޅުނު ފޮށިގަނޑު ތަކުގެ ތެރެއިން 3 ބަނގުރާ ފުޅިއާއި އަދި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 107 ފުޅި ފެނުނުކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު ފަހަކަށް އައިސް ބިދޭސީން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް އާންމުން ތުހުމަތު ކުރެއެވެ. އަދި މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މި ލިއުމާއި ގުޅޭ