ފީނަން ފޭބި ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ. ނިޔާވީ، ރ. ދުވާފަރު މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ބުނީ، އެ މީހާ ފީނަން ފޭބީ އެ އަތޮޅުގައި އޮންނަ ޔޫ އެންޑް މީ ރިޒޯޓް މޯލްޑިވްސް ކައިރިއަށް ކަމަށެވެ.
އެ މީހާ އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައީ މިއަދު 14:12 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދުވާފަރު ކައުންސިލްގެ ރައީސާއި ހަވާލާދީ ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފީނަން އުޅެނިކޮށް ނިޔާވެފައި ދުވާފަރު، އިސްމާއީލް މޫސާ، 51، އެވެ.
އޭނާ ބެއްލެވި ޑޮކްޓަރުންނާއި، ހާވާލާދީ އުނގޫފާރު ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ މެންދުރު ފަހު ވަގުތެއްގައި ކަމަށާއި ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.
ފީނަށް ފައިބާ ދިވެހިންގެ އިތުރުން ބިދޭސީންވެސް މިފަދަ ހާދިސާތަކުގައި ދުނިޔޭ ދޫކުރާއިރު ގިނަފަހަރަށް މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވެފައި ހުންނަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް ނޭޅި ހުރުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.