Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓު ކާމިޔާބު ކުރި ފަރާތްތައް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓު 2023 ވަނަ އަހަރު ލިބޭ 2 ވިޔަފާރި ހޮވައިފިއެވެ.

ބީއެމްއެލްއިން ބުނިގޮތުގައި އެ ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ލިބޭ ގްރާންޓެއްކަމަށެވެ.

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓު ކާމިޔާބުކުރީ:

  • 1. އާމިނަތު ހަމީދު (މޯލްޑިވްސް ޕެޓިސިއޭ)
  • - ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓަރީ ލިބޭ ބޭކަރީއެއް ގާއިމުކުރުމަށް
  • 2. ސަންފާ ނަޒާހަތު އަހުމަދު (ނަޒާ ހެލްތް)
  • - ނައިފަރުގައި ފިޒިކަލް ރިހިބިލިޓޭޝަންގެ ޚިދުމަތް ގާއިމުކުރުމަށް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ ކާލް ސްޓުމްކަ ވަނީ މޮޅު ޕިޗްތަކާއެކު މި ގްރާންޓު ކާމިޔާބު ކުރި ފަރާތްތަކުގެ ހުށަހެޅުންތަކަށް ފެންވަރަށް ސާބަސް ވިދާޅުވެފައެވެ.

އަދި މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އެ ކުންފުނިން ފަހުރުވެރިވާކަމެއްކަމަށާއި އެކުންފުނިން ދެކެން ބޭނުންވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް އެ ވިޔަފާރިތަކުގެ ސަބަބުން އައު ފުރުސަތުތަކެއް ފަހިވާ މަންޒަރުކަމަށްވެސް ކާލް ވިދާޅުވެފައިވެއެވެ.

ބީއެމްއެލްއިން ބުނީ ސްޓާޓަޕް ގްރާންޓު ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައިކަމަށެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅުކަމަށް ފާހަގަކުރެވުނު 10 ފަރާތް ޝޯޓްލިސްޓުކޮށްފައިވާކަމަށާއި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓުވި ފަރާތްތައްކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފައިވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ