Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދައި، ބޮޑެތި މަގުތަކުގައި ތާރުއަޅާނަން: ޑރ.މުއިއްޒު

މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދައި، ބޮޑެތި މަގުތަކުގައި ތާރުއަޅުއވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
"23 ގެ ރައީސް ޑރ. މުހައްމަދު މުއިއްޒު” ގެ ނަމުގައި ސަންގު ޓީވީއިން ގެނެސްދޭ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ “އަމީނީ މަގުގެ މަޝްރޫއު ނިމުމުގެ ކުރިން ނިމޭނީ މި ސަރުކާރު” ކަމަށް ވިދާޅުވީ ޖޯކެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް އެކަން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. އެކަން ހަގީގަތަކަށްވުމުން ހިތާމަ ކުރައްވާކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި މި މަޝްރޫއު ނިންމަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި މާލޭގެ ހުރިހާ މަގެއް ހެދުމަށް ވައުދުވެވަޑައިގެން ޑރ މުއިއްޒު ވިދާޅުވީ މިއީ އެންމެ އަހަރަކުން ނިންމޭނެ މަސައްކަތްތަކެއް ނޫންކަމަށެވެ.
ޑރ.މުއިއްޒު ވިދާޅުވީ ބޮޑެތި މަގުތަކުގައި ތާރު އެޅިނަމަވެސް ހަނި ގޯޅިތަކުގައި ގާ އެތުރުމަކީ އެމަނިކުފާނު ގެންގުޅުއްވާ ވިސްނުން ފުޅުކަމަށެވެ.
މި މަސައްކަތް ކުރެއްވުމުގައި އިސްކުރައްވާނީ ލާމަރުކަޒީ ނިޒާމުކަމަށާއި، އެކަން ކުރައްވާނީ ސިޓީ ކައުންސިލު މެދުވެރިކޮށްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
ޑރ.މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމްގައި ހުންނަވައިގެން މާލޭގެ ތަރައްޤީއަށް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ