Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި އަހަނދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތެއް ނުވި

ބްލޮގަރު ޔާމީން ރަޝީދުގެ މަރާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރި އަހްމަދު އިސްމާއިލް (އަހަނދު) އަށް ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ބޭނުންވާ ޥަރަށް ހެކި ނެތުމުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
އެ ދެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން އަހްމަދު އިސްމާއިލްގެ މައްޗަށް ކުރީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކުރީ، އިތުރު ބަޔަކާ ގުޅިގެން 2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުންނަށް އަދަބު ދިނުމަކީ އެ މީހުން އަމިއްލަ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ބަލައިގެން އެކަން ކުރުމަށް ރާވައި، އެ ކަހަލަ ގްރޫޕްތަކުގައި އިސްކޮށް އުޅުނު މީހުން ހޯދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އަދި ނޫސްވެރިޔާ ރިލްވާނާއި ބްލޮގަރު ޔާމީނަކީ އެކަމުގައި އިސްކޮށް އުޅުނު ބައެއް ކަމަށް ނިންމައި، އެހެން ބަޔަކާ ގުޅިގެން ރިލްވާނާއި ޔާމީން މަރާލުމަށް ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ.
އެކަމަކު ކްރިމިނަލް ކޯޓުން ބުނީ އަހަނދުގެ މައްޗަށް ކުރި އެ ތުހުމަތުތައް ސާބިތު ކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތް ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމި އެވެ.
ހުކުމުގައި ބުނި ގޮތުގައި ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުން ހޯދައި އެ މީހުންނަށް އަނިޔާކުރުމުގައި އަހަނދު ބައިވެރިވި ކަމަށް ބެލެވޭ ހެކި ހުށަހެޅި، ނަމަވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް އަހަނދު ރޭވުމުގެ ގޮތުން ކުރި ކަމެއް ވުޖޫދުގައި އޮތް ކަމަށް ބެލެވޭނެ ހެއްކެއް ނެތެވެ.
ނޫސްވެރިޔާ އަޙްމަދު ރިޟްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އެތައް އަހަރެއް ފަހުން އަހަނދުގެ އިތުރުން ދައުވާ އުފުލީ އިސްމާއީލް އަބްދުއްރަހީމް (އިސޫ) އާއި އަޙްމަދު މުއާޒް (ގަޓު މުއާ)ގެ މައްޗަށެވެ. އެ ދެމީހުން ވެސް މިހާރު ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.
މި ލިއުމާއި ގުޅޭ