Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

އާސަންދައަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 487 މިލިއަން ހަރަދުކޮށްފި

އާސަންދައަށް ކަނޑައެޅި ބަޖެޓް ހުސްވެ، އިތުރަށް 487 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު 28 ގެ ނިޔަލަށް، 1.531 ބިލިއަން ރުފިޔާ އާސަންދައަށް ވަނީ ހަރަދުކޮށްފަ އެވެ.
މިއަހަރު އާސަންދައަށް ކަނޑައަޅާފައި އޮތީ 1.045 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މިއަހަރަށް ކަނޑައެޅި ބަޖެޓަށްވުރެ 487.6 މިލިއަން ރުފިޔާ އިތުރަށް މިހާރު ވަނީ ހަރަދުވެފަ އެވެ.
ދައުލަތުގެ މިއަހުގެ ބަޖެޓު އެކުލަވައިލިއިރު އާސަންދައިގެ ހަރަދު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ބަޖެޓުގެ ޑެފިސިޓު ކުޑަކޮށް ހަރަދު ކުޑަކުރާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު އެއިގެން އެއްވެސް ކަމެއް ތަންފީޒުކުރެވިފައިނުވެ އެވެ.
އާސަންދައިގެ ވަރަށް ބޮޑު އިންސައްތައެއް ހަރަދުވަނީ އިންޑިއާގެ އެކިއެކި ހޮސްޕިޓަލްތަކަށެވެ. އައިޖީއެމްއެޗްގެ ވަރަށް ގިނަ ހިދުމަތްތައްވެސް އިންޑިއާގެ ހޮސްޕިޓަލްތަކަށް އައުޓްސޯސްކޮށްފައި ހުރެ އެވެ.
ބައިނަލްއަގްވާމީ މާލީ އިދާރާތަކުންވެސް ވަނީ އާސަންދަ އާއި އެންސްޕާއަށް ހަރަދުކުރާ ގޮތާއި މެދު މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، ހަރަދުކުރާ އުސޫލުތައް އިސްލާހުކުރުމަށް ލަފާދީފަ އެވެ. އެހެން ނަމަވެސް ސަރުކާރުން އެލަފާތަކަށް އަމަލުކޮށްފައިނުވެ އެވެ.
އާސަންދައިގެ އިތުރުން އެންސްޕާއަށް ކަނޑައެޅި މިއަހަރުގެ ބަޖެޓު ވެސް މިހާރު ވަނީ ހުސްވެފަ އެވެ.
މި ލިއުމާއި ގުޅޭ