Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު

އާ ސަރުކާރުގައި މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އަޅަނީ

އަންނަ މަހު އުފެދޭ އާ ސަރުކާރުން މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދައި، މައި މަގުތަކުގައި ތާރު އަޅާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ސަންގު" ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަށް ހަދައިދެއްވާނެ ކަމަށެވެ. އެ މަޝްރޫއުގެ ތެރެއިން ބޮޑެތި މަގުތަކުގައި އަޅާނީ ތާރެވެ.
ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސިޓީ ކައުންސިލު މެދުވެރިކޮށެވެ.
މި ސަރުކާރުން ހެދި މާލޭގެ ހަމައެކަނި މަގު، "އަމީނީ މަގުގެ މަޝްރޫއު ނިމުގެ ކުރިން ނިމޭނީ މި ސަރުކާރު" ކަމަށް ވިދާޅުވީ ޖޯކެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް އެކަން ހަގީގަތަކަށް ވެއްޖެކަން ވެސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.
"އެ [އަމީނީ މަގު] މަޝްރޫއު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނިންމާނަން. ދެން މުޅި މާލޭގެ ހުރިހާ މަގުތަކެއް އިރާދަކުރެއްވިއްޔާ ހަދާނަން. އެއް އަހަރަކުން ނުއެއް ހެދޭނެ ކޮންމެ ގޮތަކުން ވިޔަސް. މައިގަނޑު ހުރިހާ މަގެއްގައި ތާރު އަޅައިގެން، ހަނި ގޯޅިތަކުގައި ގާ އެތުރުން އަޅުގަނޑުމެންގެ ވިސްނުމަކީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތުމަށް ފަހު އެ މަޝްރޫއަކީ ސަރުކާރުން ހިންގާ މަޝްރޫއަކަށް ބަދަލުކުރީ މި ސަރުކާރުންނެވެ. ނަމަވެސް އެކަން ބަދަކުކޮށް އަނެއްކާވެސް ސިޓީ ކައުންސިލުން އެކަން ކުރާގޮތަށް ބަދަލުކުރައްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިޅުވި އެވެ.
އަމީނީ މަގުގެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މާލެ ސިޓީ ކައުންސިލާ އެވެ. އެކަމަކު އެ މަޝްރޫއު ސިޓީ ކައުންސިލްގެ އަތުން އަތުލައި އާރުޑީސީއާ ފަހުން ހަވާލުކުރީ މާ އަގުބޮޑު ކޮށެވެ. އެއްބަސްވުމުގައި އޮތް މުއްދަތަށް އަމީނީ މަގުގެ މަސައްކަތް ނުނިމުނު އިރު، އެ އެއްބަސްވުން ހާމަކުރަން ވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ.
މި ލިއުމާއި ގުޅޭ