Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު

އިދިކޮޅުން ބޭނުމީ ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ދޭން، މުއިއްޒު ވިދާޅުވީ އެކަން ވާނެކަމަށް

ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވިއްޖެ ނަމަ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅުކުރެއްވޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު 30 ގައި އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ. މުއިއްޒު ކާމިޔާބުކުރެއްވީ ދެވަނަ ދައުރަކަށް ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި، 19,000 ވޯޓަށްވުރެ ބޮޑު ތަފާތަކުންނެވެ. ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހު 17 ގަ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ ވަނީ ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ދިނުމުގެ ވިސްނުން އިދިކޮޅުގައި އޮތްކަން ހާމަކުރައްވާފަ އެވެ.
"ފަސް އަހަރު ފަހުން އަނެއްކާވެސް ޑރ. މުއިއްޒު ގޮވައިގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން،" އަދި ވެރިކަމުގެ ހުވާ ވެސް ނުކުރައްވާ ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ދޭން ސަޕޯޓަރުން ބޭނުންވާކަން ހާމަކުރައްވައި އިއްޔެ އަބްދުއްރަހީމް ވިދާޅުވި އެވެ.
"ސަންގު" ޓީވީން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި، ވެރިކަމާ ހަވާލުވުމަށްފަހު އިންތިހާބުވެފައިވާ ރައީސަކަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބެނުން ނުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެގޮތަށް ދިމާވާ އެއް ސަބަބަކީ އެއް މިސްރާބެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގައި ސަރުކާރަށް ހިފަހައްޓައި ނުލެވުމެވެ.
".. ރައްޔިތުން ބޭނުންވާނީ ހަމަޖެހޭ ގޮތެއްގައި ގައުމުގެ ކަންކަން ހިނގަން، އެހެންވީމަ ވަކި ހިސާބަކުން ރައްޔިތުން ދޫކޮށްލާފައި އެހެން ގޮތަކަށް ދާން ހިނގައިފިއްޔާ އަޅުގަނޑަށް ވެސް ނޯންނާނެ އިތުބާރު ކުރަންވީ ސަބަބެއް. ސަބަބެއް އޮވެގެން ދެއްތޯ އިތުބާރު ކުރާނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރު ހިންގަން ޖެހޭނީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންނާ ގާތުން ކަމަށާއި، ރައްޔިތުން އެދޭ ކަންކަން ހާސިލްވެއްޖެ ކަމުގެ އިހުސާސް އެމީހުންނަށް ކުރެވެން ޖެހޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެގޮތަށް، އަޅުގަނޑު ގަސްތު ކުރަނީ އިރާދަކުރެއްވިއްޔާ ކުރިއަށްދާން، ރައްޔިތުންގެ ސަރުކާރެއް އިރާދަކުރެއްވިއްޔާ ޑޭ ވަން އިން ފެށިގެން [ސަރުކާރު] ހިންގަން. އަޅުގަނޑަށް ގަބޫލު ކުރަނީ، ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާކަމަށް ވަންޏާ ދެވަނަ ދައުރެއްވެސް ދެއްވާނެއޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ