Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހަށިވިއްކުން

ދިވެހިބޭސް ކްލިނިކެއްގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ތިން ދިވެހީން ހައްޔަރުކޮށްފި

މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކި މައްސަލާގައި ދިވެހީންތަކެއް ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކި މައްސަލައެއްގައި ރޭ ހައްޔަރު ކުރީ ތިން ދިވެހީން ކަމަށެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 35 އަހަރާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭގެ ތެރެއިން 44 އަހަރުގެ އަންހެން މީހާއަކީ ކޮމަންޑޫއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ބަންދަށް ޖެހީ ފަސް ދުވަހެެވެ. އަދި 35 އަހަރުގެ އަންހެން މީހާއަކީ ނ. ވެލިދޫ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖެހިއިރު، އޭނާއަކީ ކުށް ކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ބުނެފައި ވެއެވެ. އަދި 41 އަހަރުރުގެ މީހާގެ ބަންދަށް 10 ދުވަސް ޖެހިއިރު، އޭނާއަކި މާލެ މީހެކެވެ.

މި ވޭތުވެ ދިޔަ ހަތަރު އަހަރެއްހާ ދުވަސްތެރޭ ހަށިވިއްކުން ވަނީ މީގެ ކުރިން ދުވަހަކު އާންމު ނުވާވަރަށް އާންމުވެފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު މައްސަލަ ޖެއްސި ނަމަވެސް އެކަމަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ.

އެފަދަ ބައެއް ވިޔަފާރިތަކުން ސޯޝަލް މީޑިއާގައި އިސްތިހާރުކޮށްގެން ވެސް އަންނަނީ އެ ވިޔަފާރި ކުރަމުންނެވެ. ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ