Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްނެސްޓީ އިންޓަނޭޝަނަލް

އައްޒާގެ މައްޗަށް އިސްރާއީލުން ގާއިމުކޮށްފައި އޮތީ ލާއިންސާނީ އައިރު ގާނޫނީ ބަންދެއް، މިހާރުން މިހާރަށް ނިންމާލަންޖެހޭ: އެމްނެސްޓީ

ޣައްޒާ އަނދިރިކަމުގެ ތެރެއަށް ވެއްޓި، އިންސާނީ ކާރިސާ އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ޣައްޒާގެ ހަމައެކަނި އިންޖީނުގޭގައި ތެޔޮ ހުސްވެއްޖެއެވެ. މި ހިތާމަވެރި ޚަބަރާއެކު އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ޣައްޒާގެ ކަރަންޓުގެ ޚިދުމަތް އަލުން އިއާދަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، އެ ސަރަޙައްދަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި، އަދި ގާނޫނާ ޚިލާފަށް ކޮށްފައިވަ ބަންދު އުވާލުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ޣައްޒާގައި މިވަގުތުހުރި ހަމައެކަނި އިންޖީނުގޭން ތެޔޮ ހުސްވުމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައު އަށް ވަނީ ޝޮކެއް ލިބިފަ އެވެ. މި ތެލުގެ ދަތިކަމުގެ ނަތީޖާ އަކީ މުޅިން ކަރަންޓު ކެނޑި، ޣައްޒާއަށް ޒަރޫރީ ހިދުމަތްތައް ނުލިބި ދާނެ ކަމެކެވެ. ފޯނުގެ ސިގްނަލްތަކަށް ބުރޫ އަރައި، ދަތުރުފަތުރު ހުއްޓުމަކަށް އައިސް، މަގުތައް އަނދިރިކަމުގެ ތެރެއަށް ފޮރުވިގެން ދާނެ އެވެ.
މި ކަރަންޓު ކެނޑުމުގެ އެންމެ ނާޒުކު އެއް ނަތީޖާއަކީ ޣައްޒާގެ މިހާރުވެސް ހީނަރުވެފައިވާ ޞިއްޙީ ނިޒާމަށް އެކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކެވެ. މިހާރުވެސް މެޑިކަލް އިކުއިޕްމަންޓްގެ ދަތިކަން ކުރިމަތިވެފައިވާ ހޮސްޕިޓަލްތައް ފުނޑުފުނޑުވާނެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި ބޮޑެތި ޒަޚަމްވެފައިވާ އެތައް ހާސް ބަޔަކަށް ފަރުވާ ދިނުމަށް މެޑިކަލް ޕްރޮފެޝަނަލުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ކަރަންޓު ނުލިބުމުގެ ސަބަބުން އެމީހުން ކުރާ މަސައްކަތަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާނެ އެވެ.
ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 950 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި އިތުރު އެތައް ބަޔަކު ތާށިވެފައި ތިބިއިރު، ގިނަ އާއިލާތައް ވަނީ ނެގިގޮސްފަ އެވެ.
މީގެ އިތުރުން، އިޒްރޭލުން ބިންތަކަށް އަރައިގަތުމުގެ ސަބަބުން އެ ސަރަހައްދުގެ އާންމުންނަށް އިތުރު ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވާނެ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ އިންޓަނޭޝަނަލް ހިއުމެނިޓޭރިއަން ލޯ (އައިއެޗްއެލް) ގެ ދަށުން އިސްރާއީލު ސިފައިން އަދާކުރަންޖެހޭ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމުން ހަމަލާތަކުން ރައްކާތެރިކުރުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ފާހަގަކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގެ އަސްލަށް ހައްލު ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އޭގެ ތެރޭގައި ހުރިހާ ފަރާތަކުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް އަދަބު ނުދިނުމާއި ފަލަސްތީނުގެ މައްޗަށް އިސްރާއީލުން އަޅާފައިވާ ނަސްލީ ތަފާތުކުރުމުގެ ނިޒާމަށް ހައްލު ހޯދުން ހިމެނެ އެވެ.
މި ލިއުމާއި ގުޅޭ