Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

އިސްލާހުގައި އޮތްގޮތުން ރައީސް ކޮންޓްރޯލުކުރައްވާ 4 ބޭފުޅަކު ޖޭއެސްސީގައި ތިބޭނެ: ޓޮމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައި އޮތް އިސްލާހު މިހާރުވެސް އޮތީ ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލު ކުރައްވާ ހަތަރު ބޭފުޅަކު އެ މުއައްސަސާގައި ތިބޭ ގޮތަށް ކަމަށް މަހިބަދޫ ދާއިރާގެ މެންނަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ރުކާރުން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޓޮމް ވިދާޅުވީ މިހާރު އިސްލާހު އޮތް ގޮތުން ވެސް އެތަން ނުފޫޒުން މިނިވަން ނުވާ ކަމަށެވެ.
އަދި ޖޭއެސްސީ ނުފޫޒުން މިނިވަންވާ ގޮތަށް އޭނާ މީގެ ކުރިން ތިން އިސްލާހެއް މަޖިލީހަށް ހުށަހެޅި ނަމަވެސް ސަރުކާރު ހިންގާ އެމްޑީޕީން އެކަމަށް އެއްބާރުލުން ނުދެއްވިކަން ޓޮމް ފާހަގަކުރެއްވި އެވެ.
"މިހާރު މި އިސްލާހުގައި ގާނޫނުއަސާސީ އުފެދިގެން އައި އިރު ޖޭއެސްސީއަށް ދިމާވެފައި އޮތް މައްސަލަ ހައްލެއް ނުވޭ،" ޓޮމް ވިދާޅުވި އެވެ.
އިސްލާހުގައި އޮތީ ފަނޑިޔާރުގެތަކުގެ ތެރެއިން ތިން މީހަކާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ މީހަކު އަދި ބަންޑާރަ ނައިބު ޖޭއެސްސީގައި އިންނަވާ ގޮތަށެވެ.
ޓޮމް ވިދާޅުވި ގޮތުގައި ފަނޑިޔާރުން، ފަނޑިޔާރުންނަށް ގޮތް ކިޔަން ތިބުމާއި ސިޔާސީ މީހުން އެތަނުގައި ތިބުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
އަދި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވާ ފަނޑިޔާރަކު ޖޭއެސްސީއަށް އައްޔަންކުރާ ގޮތަށް އޮތުމަކީ މައްސަލައެއް ކަމަށާއި ފަނޑިޔާރަކު އައްޔަންކުރާނަމަ ކުރަންވާނީ އުއްތަމަ ފަނޑިޔާރު ކަމަށް ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި އޮތް ގޮތުން ސިޔާސީ ބާރުވެރިކަން ޖޭއެސްސީގައި ހިމެނޭކަން އެއީ މައްސަލައެއް. މިހާރުގެ އިސްލާހުން އެކަމަށް ބަދަލެއް ނާދޭ. ބަންޑާރަ ނައިބު ޖޭއެސްސީގައި އިންނަ ގޮތަށް އިސްލާހުގައި އެބަ އޮތް އަދި މަޖިލީހުގެ މެންބަރަކު ޖޭއެސްސީގައި އިންނަ ގޮތަށް އެބަ އޮތް،" ޓޮމް ވިދާޅުވި އެވެ.
"ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއް ނޫން މައްސަލައަކީ. މިހާރު ވެސް ރައީސް ކޮންޓްރޯލުކުރައްވާ ހަތަރު ބޭފުޅަކު ޖޭއެސްސީގައި ތިއްބަވާނެ. މިހާރު ސަރުކާރުން މި ހުށަހަޅާފައި އޮތް ގޮތަށް ބަލާއިރު."
އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްލާހުގައި އޮތް ގޮތުން ރައީސްގެ ބާރު ނުހިނގާ ބަޔަކަށް ތިބެނީ ތިން ފަނޑިޔާރުންނެވެ. އެކަމަކު ފަނޑިޔާރުންނަށް ގޮތް ކިޔަން ފަނޑިޔާރުން ތިބުން ގޯހެވެ.
މި ލިއުމާއި ގުޅޭ