Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު

އިންތިހާބީ ރައީސް ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއާ ބައްދަލުކުރައްވައިފި

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ވަނީ އިންތިޚާބުގެ ކަންކަން ބެއްލުވުމަށް އީޔޫއިން ދިން ސަމާލުކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި އޮބްޒާވަރ މިޝަންގެ މަސައްކަތްތަކުގެ ސަބަބުން، އިންތިޚާބުތަކާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާވެގެންދިޔުމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ ދައުރުގައި، މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މުސްތަޤިއްލުކަން ކަށަވަރުކުރުމަށް މަސައްކަތްކުރަވާނެކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.

އިންތިޚާބުގެ ކަންކަމާއި އިންތިޤާލީ މަރުޙަލާގެ ކަންކަން އަމާންކަމާއި އޮމާންކަމާ އެކު ކުއިޔަށްދާކަން ފާހަގަކުރައްވައި، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއިން، އެކަންކަމަށް މަރުޙަބާ ދަންނަވާ ރިޔާސީ އިންތީޚާބާ ގުޅޭ ގޮތުން ތައްޔާރުކުރައްވާފައިވާ ރިޕޯޓު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

މި ލިއުމާއި ގުޅޭ