Saturday 2nd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ޔޫތު މިނިސްޓްރީން އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތައް މާދަމާ އެކި ފަރާތްތަކާ ހަވާލުކުރަނީ!

ބިޑު ކުރުމަކާ ނުލާ, އިންތިގާލީ މަރުހަލާގައި ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން އެތައް މިލިއަން ރުފިޔާގެ މަޝްރޫއު ޔޫތު މިނިސްޓްރީން އެކި ފަރާތްތަކާއި ހަވާލުކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން ދަނީ މާދަމާގެ ވަގުތެއްގައި މި މަޝްރޫއުތަކުގައި ސޮއިކުރުމަށް ތައްޔާރުވަމުންނެވެ.

ސޮއިކުރުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތައް

  • ހޮޅުދޫ ކޮމިއުނިޓީ ސެންޓަރު
  • ކަނޑޫދޫ ކޮމިއުނިޓީ ސެންޓަރު
  • ބިލެއްފަހި ކޮމިއުނިޓީ ސެންޓަރު
  • މާމެންދޫ ކޮމިއުނިޓީ ސެންޓަރު

މީގެ ކޮންމެ މަޝްރޫއެއްގެ އަގު 5 މިލިއަނަށް އަރާކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުންވެސް 9 ރަށެއްގައި ޔޫތު ސެންޓަރު އެޅުމުގެ މަސައްކަތްވެސް ހަވާލުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ނަން ހާމަ ނުކުރަން ޝަރުތުކޮށް މައުލޫމާތު ދެއްވި މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފް އިސްވެ ހުންނަވައި މި މަޝްރޫއުތަކުގައި ސޮއިކުރަން އުޅޭއިރު އިންތިހާބީ ރައީސް ޑރ.މުއިއްޒު ވަނީ އާ އެއްވެސް މަޝްރޫއެއްގައި ސޮއިނުކުރައްވަން މިހާރުގެ ސަރުކާރަށް އަންގަވާފައެވެ.

މި ޕްރޮޖެކްޓްތައް ހަވާލުކުރާ ކޮންޓްރެކްޓަރުންގެ އަތުން ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަހްމަދު މެދުވެރިކޮށް ނަގާފައިވާކަމަށްވެސް މި މުއާމަލާތްތަކުގެ ތަފްސީލް އެނގޭ ފަރާތަކުން “ދިޔަރެސް”އަށް ކަށަވަރުކޮށްދީފައި ވެއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއަކީ މާލޭގެ މޭޔަރކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާނެކަން އިއުލާންކޮށްފައިވާ ފަރާތެކެވެ.

މި ލިއުމާއި ގުޅޭ