Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު

މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓެޑް ރިސޯޓު ހިންގޭ ގޮތަށް ޤަވާއިދެއް އެކުލަވާލައިފި

މީހުން ދިރިއުޅޭ ރަށްތަކުގައި ރިސޯޓުތަކުން ލިބޭ ހުރިހާ ފަސޭހަތަކެއް ލިބޭ އިންޓަގްރޭޓެޑް ރިސޯޓުތައް ހިންގުމުގެ ހުއްދަ ލިބޭ ގޮތަށް ޓުއަރިޒަމް މިނިސްޓްރީގެ ޤަވާއިދެއް އާންމުކޮށްފިއެވެ.

މި ޤަވާއިދުގައި ބަޔާންކުރާ ގޮތުން މީހުން ދިރިއުޅޭ ރަށްތަކުގައި ވަކިން ރިސޯޓާއި، ރިސޯޓު ހޮޓަލާއި ޓޫރިސްޓުންނަށް ޚިދުމަތްދޭ އެނޫން ވަސީލަތްތައްވެސް ޤާއިމުކުރެވޭނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ހަދާ ރިސޯޓުތަކަކީ އެހެނިހެން ރިސޯޓުތަކުގައި ހުންނަ ހުރިހާ ފަސޭހަތަކެއް ލިބޭ ތަންތަނަށް ވާންވާނެއެވެ.

މިފަދައިން މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމުކުރާ ރިސޯޓުތަކުން ލިބޭނެ ޚިދުމަތްތަކާއި ފަސޭހަތައް ކަނޑައަޅާނީ ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކާއި، ޓުއަރިޒަމް މިނިސްޓްރީގެ މެދުގައި މަޝްވަރާކުރެވިގެންކަމަށްވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިފަދައިން ރަށްރަށުގައި ރިސޯޓު ތަރައްޤީކުރަން ދޫކުރާ ބިންތަކަށް ވަދެނިކުމެ އުޅެވޭ ގޮތަށް މަގުތައް ހެދުމަކީ އެ ބިމެއް ހަވާލުވާ ޑިވެލޮޕަރު ނުވަތަ ސަބް ލެސީގެ މަސްއޫލިއްޔަތެއް ކަމުގައި އެ ޤަވާއިދުގައި ބުނެފައިވެއެވެ.

މިފަދައިން ރަށެއްގައި ވަކިން ތައްޔާރުކުރާ ރިސޯޓެއްގައި ހިންގާ ރެސްޓޯރެންޓުތަކާއި ވޯޓާ ސްޕޯޓްސް ފެސިލިޓީތައް ހުންނަންވާނީ އެރަށަކަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންނަށްވެސް ބޭނުންހިފޭނެ ގޮތަކަށް ކަމުގައިވެސް އެ އުސޫލުގައި ބަޔާންކުރެއެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގައި މި އުސޫލުގެ ދަށުން ޤާއިމުކުރާ ރިސޯޓުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެ ރަށެއްގައި މިހާރުވެސް ޤާއިމުކޮށްފައިވާ އާންމު ޚިދުމަތްތަކުގެ ތެރެއިން ފޯރުކޮށްދިނުމަށް ހުރަހެއް ނެތްކަމުގައި އެ ޤަވާއިދުގައި ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރިސޯޓު ހިންގުމުގެ ހުއްދަ ލިބޭ ގޮތަށް އެކުލަވައިލި ފުރަތަމަ ޤަވާއިދެވެ. މީގެ ކުރިން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް މިފަދައިން ރަށްރަށުގައި ރިސޯޓުތަކުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް ސިޓީ ހޮޓާ ހިންގުމުގެ ހުއްދަދޭން މަސައްކަތްކުރުމުން އެއިރު ގިނަ ރައްޔިތުން އެކަމާ ނުރުހުމުން އެ އުސޫލު ފަހުން އުވައިލީއެވެ.

މި ލިއުމާއި ގުޅޭ